logoEN
Sto top
"އޮޅުހިޔާ" އަށް ބޭނުންވާ އިތުރު ސާމާނުތައް ހޯދާ، އިތުރަށް ބުޅާ ގެންދިއުމުގެ މަސައްކަތް ކުރަނީ

"އޮޅުހިޔާ" އަށް ބޭނުންވާ އިތުރު ސާމާނުތައް ހޯދާ، އިތުރަށް ބުޅާ ގެންދިއުމުގެ މަސައްކަތް ކުރަނީ

އަހުމަދު ޝުރާއު

logo

4/7/2025, 8:10:50 AM

# ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ

--

އޮޅުހިޔާގެ އާބާތުރަފިލުވާ، އެތަނަށް ބޭނުންވާ އިތުރު ސާމާނުތައް ހަމަކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ބުނެފި އެވެ.

Wamco

އެވުޒާރާއިން އިއްޔެ ބުނީ ފާއިތުވި ބަންދު ތެރޭގައިވެސް ވުޒާރާގެ މުވައްޒަފުން ވަނީ އޮޅުހިޔާގެ އާބާތުރަފިލުވާ، އެތަނަށް ބޭނުންވާ ސާމާނުތައް ހަމަކުރުމުގެ މަސައްކަތް، ކަމާއި ގުޅުންހުރި ޖަމިއްޔާތަކާއި ގުޅިގެން ކޮށްފައި ކަމަށެވެ. އަދި އޮޅުހިޔާ އެ ވުޒާރާއާއި ހަވާލުކުރި ވަގުތުން ފެށިގެން އެތަނަށް ބުޅާތައް ގެންދިއުމަށް ކުރެވެން ހުރި މަސައްކަތްތައް އައީ ކުރަމުން ކަމަށާއި އެގޮތުން ބުޅާ ބޭތިއްބުމަށް ކޭޖްތައް ތައްޔާރުކުރުމާއި، ބުޅާތައް ބައިތިއްބާ ކޮށިތަކުގެ އާބާތުރަފިލުވުމުގެ މަސައްކަތް ތައް އައީ ކުރަމުން ކަމަށެވެ.

އަދި ފުރަތަމަ ބެޗްގައި 15 ބުޅާ އޮލުހިޔާއަށް ލި ކަމަށާއި އެ ބުޅާތައް 4 ކޮށްޓަކަށް ވަނީ ބަހާލާފި ކަމަށް ވުޒާރާއިން ބުނެއެވެ. އެގޮތުން އެއްކޮށްޓެއްގައި ކުދި ބުޅަލާއި އޭގެ މައިން، ދެވަނަ ކޮށީގައި އަންހެން ބުޅާ، ތިންވަނަ ކޮށީގައި ފިރިހެން ބުޅާ، އަދި ހަތަރުވަނަ ކޮށީގައި ބަލި ހާލަތު ބޮޑުވެފައިވާ ބުޅާތައް ވަނީ ބައިތިއްބާފައެވެ.

މި ގޮތަށް ކޮށިތަކަށް ބަހާލައިގެން ބުޅާތައް ބެލެހެއްޓުމުގެ މަސައްކަތް ކުރަމުން ދިޔައިރު ކޮށީގައި ޖަހާފައި ހުރި ދާތުކުގެ ގޮޅިތަކުން، ކުދި ބުޅާތައް ނިކުމެވޭކަން ފާހަގަވުމާއި އެކު އެކޮށީގެ ދައުގަނޑުގެމަތިން ގޮޅި ކުދި ދާގަނޑެއް މިހާރުވަނީ ހަރުކުރެވިފައި އެވެ. އަދި ވިއްސާރަ ދުވަސްވަރު ބައެއް ކޮށިތަކަށް ފެން ވިއްސާ، ފެން ހެދުމުގެ ފުރުސަތު ބޮޑުކަންވެސް ވަނީ ފާހަގަވެފައި ކަމަށް ވުޒާރާއިން ބުނެއެވެ.

ވުޒާރާއިން ބުނީ އޮޅުހިޔާގެ އިތުރު ކޮށިތަކުގެ ރަގަޅުކުރަން ޖެހޭކަންކަން ބަލައި ރަނގަޅުކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަ ކަމަށާއި އެކަންކަން ރަގަޅު ކުރެވެމުން ދާވަރަކަށް އިތުރު ބުޅާތައް އޮޅުހިޔާއަށް ލުމުގެ މަސައްކަތްވެސް ދަނީ ކުރަމުން ކަމަށެވެ.

އެގޮތުން މި ބަންދުތެރޭގައި އިތުރު 15 ބުޅާ އޮޅުހިޔާއަށް ގެނެވިފައިވުމާއި އެކު މިހާރު ޖުމްލަ 30 ބުޅާ އޮޅުހިޔާގައި ބަލަހައްޓަމުން އެބަގެންދެއެވެ. އަދި އިތުރު ވަސީލަތްތައް ފުރިހަމަ ކުރެވޭ މިންވަރަކުން އޮޅުހިޔާއަށް އިތުރު ބުޅާތައް ގެނައުމުގެ މަސައްކަތް ކުރަމުން ދާނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside