
ފަލަސްތީނު ރައްޔިތުންގެ ބިމަށް ވެރިވެގަނެ އަމިއްލަ ގައުމެއް އުފައްދައިގެން އުޅޭ އިސްރާއީލުގެ ރައީސް ނިރުބަވެރި ބެންޖަމިން ނަތަންޔާހޫ އެމެރިކާއަށް ޒިޔާރާތްކުރަން ނިންމައިފި އެވެ.

އަލް ޖަޒީރާއިން ރިޕޯޓުކުރާ ގޮތުގައި ނަތަންޔާހޫ އެމެރިކާއަށް ދިޔުމަށް ނިންމާފައިވަނީ މާދަމާ އެވެ. އަދި އޭނާގެ މި ދަތުރަކީ މުސްލިމުންނާއި ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމުއަށް ފާޅުގައި އެހީތެރިވަމުންދާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ބައްދަލުކުރުމަށް ކުރާ ދަތުރެއް ކަމަށް އަލްޖަޒީރާއިން ވަނީ ވައިޓް ހައުސްގެ އޮފިޝަލުންނާއި ހަވާލާދީ ބުނެފައި އެވެ.
އަދި އޭނާގެ މި ދަތުރުގައި ނިރުބަވެރި އިސްރާއީލުގެ އަސްކަރިއްޔާއިން މުސްލިމުންނާއި ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމުއަށް އިތުރު އެހީތައް ހޯދުމަށް މަޝްވަރާކުރާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ނަތަންޔާހޫގެ މިދަތުރު ވެގެންދާނީ ޓްރަމްޕު އެމެރިކާގެ ވެރިކަމާއި ހަވާލުވި ފަހުން އޭނާ ޓްރަމްޕުއާއި ބައްދަލުކުރަން ކުރާ ދެވަނަ ދަތުރަށެވެ.
އެމެރިކާއިން އިސްރާއީލަށް ދީފައިވާ ހަތިޔާރުތަކުގެ އެހީގައި ޔަހޫދީން މިހާތަނަށް ޣައްޒާއިން 50،700 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ހިމެނެއެވެ.
ގުޅުންހުރި

އިޒްރޭލުގެ އަނިޔާވެރިކަން އިންތިހާއަށް: ކުޅެން ތިބި ކުދިބަޔަކަށް އަމާޒުކޮށް ބޮން އަޅައި 8 ކުޑަކުދިން ޝަހީދުކޮށްލައިފި

މިވަގުތާއި ހަމައަށް ޣައްޒާއިން މިއަދު 43 މީހަކު ޝަހީދުކޮށްލައިފި: އެންމެ ގިނަ ބަޔަކު ޝަހީދުކޮށްލީ ޚާން ޔޫނުސްއިން!

ގަތުލުއާންމުއަށް އިތުރު އެހީ ހޯދަން ނިރުބަވެރި ނަތަންޔާހޫ މާދަމާ އެމެރިކާއަށް!
