logoEN
Sto top
އުތުރުގެ ތިން އަތޮޅުގެ ދަނޑުވެރިންނަށް ވިޔަފާރި މެނޭޖްމަންޓް ތަމްރީނެއް ހިންގައިފި

އުތުރުގެ ތިން އަތޮޅުގެ ދަނޑުވެރިންނަށް ވިޔަފާރި މެނޭޖްމަންޓް ތަމްރީނެއް ހިންގައިފި

އަހުމަދު ޝުރާއު

logo

4/7/2025, 8:20:18 AM

# ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ

--

މޯލްޑިވްސް އެގްރި ބިޒްނަސް(މެޕް)އިން، ސަރވިސް ޕްރޮވައިޑަރެއް ކަމުގައިވާ އެމް.އައި.ޓީ އާއި ގުޅިގެން ހއ. އަތޮޅާއި، ހދ. އަތޮޅާއި އަދި ށ. އަތޮޅުގެ 20 ރަށެއްގެ ދަނޑުވެރިންނާއި މުޖުތަމަޢުގެ އާންމުންނަށް ޚާއްޞަކޮށްގެން ފަރުމާކުރެވިފައިވާ ވިޔަފާރި މެނޭޖްމަންޓް ތަމްރީނެއް ހިންގައިފިއެވެ.

Wamco

މެޕްއިން އަންނަނި ދަނޑުވެރިންނަށް ޓެކްނިކަލް ތަމްރީނާއި، އަސާސީ ދަނޑުވެރިކަމުގެ ތަމްރީނު ދިނުމުގެ އިތުރުން ޓެކްނިކަލް މުވައްޒަފުން މެދުވެރިކޮށް އެކްސްޓެންޝަން ޚިދުމަތްތައްވެސް ފޯރުކޮށްދެމުންންނެވެ.

މި ގޮތުން ޓެކްނިކަލް ތަމްރީނު ދެވެމުންދާއިރު، ރަށްރަށުގެ ދަނޑުވެރިންގެ ފޯރަމްތަކާއި އެހެނިހެން ދަނޑުވެރިންނަށް އިތުރަށް ކުރިއަރައި ތަރައްޤީވުމަށް ބޭނުންވާ ވިޔަފާރިއާއި މާލީ ހޭލުންތެރިކަން މަދުވެއެވެ. އެހެންކަމުން މެޕް ގެ މި ތަމްރިން ޕްރޮގްރާމްތަކުގެ މައިގަނޑު މަޤްޞަދަކީ ދަނޑުވެރިން އެމީހުންގެ ވިޔަފާރިތައް ތަރައްޤީކުރުމުގައި ޤާބިލުކަން އިތުރުކުރުމަށާއި ވިޔަފާރީގެ ހުނަރުތައް ދަސްކޮށްދިނުމަށް ތަމްރީނު ދިނުމެވެ. އަދި ވިޔަފާރީގެ ޚިޔާލުތައް ހުރި ދަނޑުވެރިންނަށް ވިޔަފާރި ފެށުމާއި ތަރައްޤީކުރުމާ ބެހޭ މަޢުލޫމާތާއި ހުނަރު އުނގަންނައިދީ، ކާމިޔާބު ވިޔަފާރި ހަރަކާތްތައް އުފެއްދުމަށާއި، ފުޅާކުރުމަށާއި އަދި ހިންގުމަށް އެހީތެރިވެދިނުމެވެ. އެހެން ގޮތަކަށް ބުނާނަމަ، އެމީހުން ކާމިޔާބު ވިޔަފާރިވެރިންނަށް ވުމަށް ބޭނުންވާ މަޢުލޫމާތާއި ހުނަރުތައް ދަސްކޮށްދިނުމެވެ.

ވިޔަފާރި މެނޭޖްމަންޓް ތަމްރީނުން ދަނޑުވެރިންނަށް މާލީ ބަޔާންތައް ތައްޔާރުކުރުމާއި، ވިއްކުމާއި މާކެޓިންގ ސްޓްރެޓެޖީތައް އެކުލަވާލުމާއި، އަދި ވިޔަފާރިއާއި ވިޔަފާރި ފެށުމުގެ ހުނަރުތައް ދަސްކޮށްދޭނެއެވެ. މިކަމުގެ ސަބަބުން ދަނޑުވެރިންނާއި ރަށު ދަނޑުވެރިންގެ ފޯރަމްތަކުގެ ތަރައްޤީއާއި ކުރިއެރުމަށް އެދެވޭ އަސަރެއް ކުރާނެކަމަށް ލަފާކުރެވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside