
މިއަދުގެ މިވަގުތާއި ހަމައަށް ޔަހޫދީން ދެމުންދާ ހަމަލާތަކުގައި ޣައްޒާއިން 30 މީހަކު ޝަހީދުކޮށްލައިފި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ޔަހޫދީން މިއަދުގެ ފަތިހުން ފެށިގެން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި އެތައް ބަޔަކު ވަނީ ޒަހަމްކޮށްލާފައި އެވެ. އަދި 30 މީހަކު ޝަހީދުކޮށްލި އިރު އޭގެ ތެރޭގައި ކުޑަކުދިންވެސް ހިމެނެއެވެ.
ފަތިހުން ފަށައިގެން ޔަހޫދީންގެ ވައިގެ ގިނަ ހަމަލާތަކެއް ޚާން ޔޫނުސްއަށް ދީފައިވާއިރު މިރޭ އެންމެ ފަހުން ދިން ހަމަލާ އަމާޒުކޮށްފައިވަނީ ޣައްޒާގެ ޝުޖާޔާ އަވަށުގައު ހުންނަ މިސްކިތެއްގެ ގޯތިތެރެއަަށެވެ. އެހަމަލާގައި މިވަގުތާއި ހަމައަށް އެކަކު ޝަހީދުވެފައިވާއިރު އިތުރު ބަޔަކު ވަނީ ޒަހަމްވެފައި އެވެ.
ޔަހޫދީން ޣައްޒާގައި ހިންގަމުންދާ 17 މަސްދުވަސްވީ ބޮޑު ގަތުލުއާންމުގައި މިއަދާއި ހަމައަށް 50،700 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައި އެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ހިމެނެއެވެ. އަދި ވަކީން ޚާއްސަކޮށް ހަނގުރާ ހުއްޓާލުމުގެ އެއްބަސްވުމަކަށް މަސްދުވަހު އަމަލުކުރުމަށްފަހު ޔަހޫދީން އެ އެއްބަސްވުމާއި ހިލާފުވެ އަލުން ހަމަލާތައް ދޭން ފަށައި އެންމެ ފުރަތަމައަށްވެސް ދިން ހަމަލާތަކުގައި 200 އަށްވުރެ ގިނަ ކުޑަކުދިން ޝަހީދުކޮށްލާފައި ވެއެވެ.
ޔަހޫދީން ހަމަލާތައް ހުއްޓާލުމަށް ގިނަ ގައުމުތަކަކުން ގޮވާލަމުން ދިޔަ ނަމަވެސް އެ ގޮވާލުންތަކަށް ނިރުބަވެރި އިސްރާއީލުގެ ސަރުކާރުން ދެނީ ބީރު ކަންފަތެކެވެ.
ގުޅުންހުރި

އިޒްރޭލުގެ އަނިޔާވެރިކަން އިންތިހާއަށް: ކުޅެން ތިބި ކުދިބަޔަކަށް އަމާޒުކޮށް ބޮން އަޅައި 8 ކުޑަކުދިން ޝަހީދުކޮށްލައިފި

މިވަގުތާއި ހަމައަށް ޣައްޒާއިން މިއަދު 43 މީހަކު ޝަހީދުކޮށްލައިފި: އެންމެ ގިނަ ބަޔަކު ޝަހީދުކޮށްލީ ޚާން ޔޫނުސްއިން!

ގަތުލުއާންމުއަށް އިތުރު އެހީ ހޯދަން ނިރުބަވެރި ނަތަންޔާހޫ މާދަމާ އެމެރިކާއަށް!
