
އިޒްރޭލުގެ އަނިޔާވެރިކަން އިންތިހާއަށް: ކުޅެން ތިބި ކުދިބަޔަކަށް އަމާޒުކޮށް ބޮން އަޅައި 8 ކުޑަކުދިން ޝަހީދުކޮށްލައިފި
# ޣައްޒާ--
ޔަހޫދީން ޣައްޒާގެ ތުއްފާހް އަވަަށަށް ދިން ވަރުގަދަ ހަމަލާއެއްގައި ގިނަ އަދަދެއްގެ ކުޑަކުދިން ޝަހީދުކޮށްލައިފި އެވެ.

ޣައްޒާގެ ހަބަރުތައް ގެނެސްދޭ ގުދުސް ނިއުސް އޭޖެންސީއިން ރިޕޯޓުކުރާގޮތުގައި ތުއްފާހް އަވަށަށް ޔަހޫދީން ދިން ހަމަލާގައި 10 މީހަކު ޝަހީދުވި އިރު އޭގެ ތެރެއިން 8 މީހުންނަކީ ކުޑަކުދިންނެވެ. އެގޮތުން އެކުދިންގެ ހަށިތައް ސައިކަލު ޕިކަޕެއްގައި ހޮސްޕިޓަލަށް ގެންނަ މަންޒަރު ފެންނަ ވީޑިއޯޢެއްވެސް މިހާރު ދަނީ ދައުރުވަމުންނެވެ.
ރިޕޯޓުތައް ބުނާގޮތުގައި ޔަހޫދީން މިހަމަލާދީފައިވަނީ ތުއްފާހް އަވަށުގައި ކުޅުން ތިބި ކުޑަކުދިންތަކަކަށް އަމާޒުކޮށެވެ.
ޔަހޫދީންގެ ހަމަލާތަކުގައި މިއަދުގެ މިވަގުތާއި ހަމައަށް ޣައްޒާއިން 43 މީހަކު ޝަހީދުވެފައިވާއިރު އެންމެ ގިނަ ބަޔަކު ޝަހީދުވެފައިވަނީ ޚާން ޔޫނުސްއަށް ދިން ހަމަލާތަކުގައި އެވެ. އެގޮތުން ޚާން ޔޫނުސްއިން 19 މީހަކު ޝަހީދުކޮށްލާފައިވާއިރު ދެވަނައަށް އެންމެ ގިނަ މީހުން ޝަހީދުކޮށްލީ ތުފާހްއަށް ދިން ހަމަލާގައި އެވެ.
ޔަހޫދީން ޣައްޒާގައި ހިންގަމުންދާ 17 މަސްދުވަސްވީ ބޮޑު ގަތުލުއާންމުގައި މިއަދާއި ހަމައަށް 50،700 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައި އެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ހިމެނެއެވެ. އަދި ވަކީން ޚާއްސަކޮށް ހަނގުރާ ހުއްޓާލުމުގެ އެއްބަސްވުމަކަށް މަސްދުވަހު އަމަލުކުރުމަށްފަހު ޔަހޫދީން އެ އެއްބަސްވުމާއި ހިލާފުވެ އަލުން ހަމަލާތައް ދޭން ފަށައި އެންމެ ފުރަތަމައަށްވެސް ދިން ހަމަލާތަކުގައި 200 އަށްވުރެ ގިނަ ކުޑަކުދިން ޝަހީދުކޮށްލާފައި ވެއެވެ.
ޔަހޫދީން ހަމަލާތައް ހުއްޓާލުމަށް ގިނަ ގައުމުތަކަކުން ގޮވާލަމުން ދިޔަ ނަމަވެސް އެ ގޮވާލުންތަކަށް ނިރުބަވެރި އިސްރާއީލުގެ ސަރުކާރުން ދެނީ ބީރު ކަންފަތެކެވެ.
ގުޅުންހުރި

މިއަދުގެ މިވަގުތާއި ހަމައަށް ޣައްޒާއިން 42 މީހަކު ޝަހީދުކޮށްލައިފި

އިޒްރޭލުގެ އަނިޔާވެރިކަން އިންތިހާއަށް: ކުޅެން ތިބި ކުދިބަޔަކަށް އަމާޒުކޮށް ބޮން އަޅައި 8 ކުޑަކުދިން ޝަހީދުކޮށްލައިފި

މިވަގުތާއި ހަމައަށް ޣައްޒާއިން މިއަދު 43 މީހަކު ޝަހީދުކޮށްލައިފި: އެންމެ ގިނަ ބަޔަކު ޝަހީދުކޮށްލީ ޚާން ޔޫނުސްއިން!
