
ކުޅުނު ތިން މެޗު ވެސް އެއްވަރުވެ ޖަންތާ ގަރާޖް މުބާރާތުން ކަޓައިފި
# މަރަދޫ ސްޓްރީޓް ސޮކާ ޗެލެންޖް 2025# ދިވެހި ކުޅިވަރުމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ޖަންތާ ގަރާޖުގެ އަމީން އިބްރާހިމް(ވ)..
މިހާރު ކުރިއަށްދާ "މަރަދޫ ސްޓްރީޓް ޗެލެންޖް 2025" ގުރޫޕް އޭގައި އާދިއްތަ ދުވަހުގެ ރޭ ކުޅުނު ފުރަތަމަ މެޗުގައި ހަބޭސް އެންޖީ އާއި ޖަންތާ ގަރާޖް ވާދަކުރި މެޗު 0-0 ގެ ނަތީޖާއަކުން އެއްވަރުވެ، ކުޅުނު ތިން މެޗު ވެސް އެއްވަރުވެ ޖަންތާ ގަރާޖް މުބާރާތުން ކަޓައިފިއެވެ.

މުބާރާތުގައި ޖަންތާ ގަރާޖް ކުޅުނު ފުރަތަމަ މެޗުގައި ޒެފިއާ ވާދަކޮށް 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައިވާއިރު، އެސްއެމްޓީއާ ދެކޮޅަށް ކުޅުނު ދެވަނަ މެޗު ވެސް ނިމުނީ 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ. ހަބޭސް އެންޖީ ފުރަތަމަ މެޗުގައި އެސްއެމްޓީ އަތުން 2-0 ގެ ނަތީޖާއަކުން މޮޅިވެފައިވާއިރު، ޒެފާއި ދެކޮޅަށް ކުޅުނު ދެވަނަ މެޗު ނިމުނީ 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިނިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޖަންތާ ގަރާޖުގެ އަމީން އިބްރާހިމް އެވެ.
މިނަތީޖާއެކު ކުޅުނު ތިން މެޗުން ހަބޭސް އެންޖީއަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި އެޓީމަށް ވަނީ ކުއާޓާ ފައިނަލުން ޖާގައެއް ކަށަވަރުވެފައެވެ. އަދި ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް އެއްވަރުވެ ޖަންތާ ގަރާޖުން މުބާރާތް ނިންމާލީ ތިން ޕޮއިންޓާއެކު ގުރޫޕްގެ ތިންވަނައިގައި އޮވެއެވެ.
6 މާރިޗު 2025 އިން 24 މާރިޗު 2025 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި މިއަހަރު ޖުމްލަ 16 ޓީމަކުން ވާދަކުރަމުން އަންނައިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި 16 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ލިބިގެންދާނެ އެވެ.
ޗެންޕިއަން ޓީމަށް 20،000 އަދި ރަނަރަޕް ޓީމަށް 10,000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައިވާ މި މުބާރާތުގެ މެއިން ސްޕޮންސަރ އަކަށް ނައިން ސިކްސްޓީން އިންވެސްޓްމަންޓް ހަމަޖައްސާފައިވާއިރު، ކޯސްޕޮންސަރުންގެ ގޮތުގައި ނަޔާ ސެލޫން، އައި . އެން ޑެއިލީ ރޫމް އަދި އެމްޖީއެޗް އައިލެންޑް ޓްރާންސްޕޯޓް ޕްރައިވެޓް ލިމިޓެޑް ވާނީ ހަމަޖައްސާފައެވެ. އަދި މުބާރާތުގެ އޮފިޝަލް ޖާޒީ ޕާޓްނަރަކަށް މަލްހީ އެމްވީ ހަމަޖައްސާފައިވާއިރު، އޮފިޝަލް މެޗް ބޯލް ޕާޓްނަރަކީ މާކީއެމްވީ އެވެ. އަދި އޮފިޝަލް މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.
ގުޅުންހުރި

އިލާލާ ޓީއެންޓީ 23 އަހަރުން ދަށުގެ ފުޓްސަލް ޗެލެންޖް 2025 ގެ ގުރުލުން ބާއްވައިފި

އިލާލާ ޓީއެންޓީ 23 އަހަރުން ދަށުގެ ފުޓްސަލް ޗެލެންޖުގައި މިއަހަރު 32 ޓީމު ބައިވެރިވެއްޖެ
އައިއެޗްއެފް ޓްރޮފީ ވުމެންސް ޒޯން 3 ގެ ރެފްރީންގެ ގޮތުގައި ރައްފު އަދި ޝިޒޫ
