logoEN
Sto top
މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން މަސައްކަތް ކުރާ ޖަމާއަތްތެރިންނަށް ދެން އެލަވަންސް ދޭނީ ސިޓީ ކައުންސިލުން!

މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން މަސައްކަތް ކުރާ ޖަމާއަތްތެރިންނަށް ދެން އެލަވަންސް ދޭނީ ސިޓީ ކައުންސިލުން!

އަހުމަދު ޝުރާއު

logo

3/13/2025, 9:04:07 AM

# މާލެ ސިޓީ ކައުންސިލް

--

ސިވިލް ސާވިސް ކޮމިޝަނުން ޖަމާއަތްތެރިންނަށް ދެމުންއައި "ގަބުރުސްތާން އެލަވަންސް" އިން އުނިކުރިބައި، މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން މަސައްކަތް ކުރާ ޖަމާއަތްތެރިންނަށް ދިނުމަށް ކައުންސިލުން ނިންމައިފިއެވެ.

Wamco

ޖަމާއަތް ތެރިންނަށް އަލުން މި އެލަވަންސް ދިނުމަށް ކައުންސިލުން ނިންމީ، ބުދަ ދުވަހު އޮތް ކައުންސިލްގެ 4 ވަނަ ދައުރުގެ 187 ވަނަ ރަސްމީ ޢާއްމު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.

ޖަލްސާއަށް މިކަން ހުށަހަޅައިދެއްވާއި ވާހަކަ ދައްކަވަމުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، ޖަމާޢަތްތެރިންނަކީ މުހިންމު އަދި މާތް މަސައްކަތް ތަކެއްކުރާ ބައެއް ކަމަށާއި ކުއްލިއަކަށް ވަކި ސަބަބެއް ބަޔާން ކުރެއްވުމެއް ނެތި، ޖަމާއަތްތެރިންގެ އެލަވަންސް ކާޑާލުމަކީ އެއް ވެސް އިންސާފުވެރިކަމެއް ނެތި ކުރައްވާފައިވާ ކަމެއްކަމަށެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ، ޖަމާޢަތްތެރިންގެ މުސާރައިން އުނިކުރި 1500 ރުފިޔާ ދެމުން ދެން ދާނީ ކައުންސިލްގެ ބަޖެޓުން ކަމަށެވެ. އަދި މި ކަން ކުރުމަށް އެއްވެސް ދަތިކަމެއް ނެތް ކަމަށް ވެސް މޭޔަރ ޢާޒިމް ފާހަގަ ކުރެއްވިއެވެ.

މޭޔަރ ޢާޒިމްގެ އިތުރުން ޖަމާއަތްތެރިންގެ ހައްޤުގައި، ގަލޮޅު އުދުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ބަރަކާތްތެރި ރަމަޟާން މަހެއްގައި ވަކި ސަބަބެއް ބަޔާން ނުކުރައްވައި ޖަމާއަތްތެރިންގެ އެލަވަންސް ކަނޑާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި މިގޮތަށް އެލަވަންސް ކަނޑާ ކަމަށް ވާނަމަ ޖަމާޢަތްތެރިން ނޫނަސް، ސިވިލްސާވިސްގެ އެހެން މުވައްޒަފުންގެ އެލަވަންސް ވެސް ކަނޑާލަފާނެކަމުގެ ބިރު އޮތް ކަމަށެވެ.

ސިވިލް ސާވިސް ކޮމިޝަނުން ހުރިހާ ސިޓީ، އަތޮޅު އަދި ރަށު ކައުންސިލެއްގެ ސެކްރެޓަރީ ޖެނެރަލުންނަށް ފޮނުވި ސާކިއުލާއެއްގައި ބުނީ، އެ އެލަވަންސް ދިނުމުގައި މާލިއްޔަތު ގަވާޢިދާ ފުށުނާރާ ގޮތަށް، ކައުންސިލްގެ ފުދުންތެރިކަމަށް ރިއާޔަތްކޮށް ކައުންސިލުން ކަނޑައަޅާ ގޮތަށް ޢަމަލު ކުރުމަށް އެދޭ ކަމަށެވެ. ނަމަވެސް އެ އެލަވަންސް ސިވިލް ސާވިސް ކޮމިޝަނުން އުވައިލި ސަބަބެއް މިހާތަނަށް ހާމަ ނުކުރެއެވެ.

ދާދީ ފަހުން މޭޔަރ ޢާޒިމް ވަނީ އާސަހަރާގަޔާއި ހުޅުމާލެ ސަހަރާގައި މަސައްކަތް ކުރައްވާ ޖަމާއަތް ތެރިންނާ ބައްދަލުކުރައްވައިފައެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside