
--
އދ. ހަންޏާމީދޫ ކަލާފާނު ޒިޔާރަތް އާބާތުރަފިލުވައި ތަރައްޤީކުރުމުގެ މަސައްކަތް ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިއެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ވަޒީރު އާދަމް ނަޞީރު އިބްރާހީމެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިނގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރޓ) ޢަލީ ޒުހައިރެވެ.
މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވާފައިވާ ޣާޒީ ބަންޑާރައިންގެ އަސަރުތަކުގެ އަސްލު ނުގެއްލޭ ގޮތަށް ހިމާޔަތްކުރުމާއި، މާއްދީ އެހެން ތަރިކަތައް ހިމާޔަތް ކުރުމާއި، ތަރިކައިން އާމްދަނީ ހޯދުމުގެ މަޝްރޫޢުގެ ދަށުން ކުރާ މަސައްކަތެކެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ މި މަސައްކަތުގެ ފުރަތަމަ ފިޔަވަހީގައި ކުރިއަށް ގެންދާނީ ޒިޔާރަތް މަރާމާތު ކުރުމުގެ މަސައްކަތް ކަމަށެވެ.
ޒިޔާރަތް އެރުވުމަކީ ދިވެހި ސަގާފަތުގައި ކޮށްއުޅުނު ކަމެކެވެ. ޒިޔާރަތް އަރުވާ އުޅެނީ ރަސްރަސްކަލުންނަށާއި މާތް ވަލީވެރި ދަރަޖައިގެ ބޭކަލުންނަށެވެ. ހަމައެކަނި ޝަހީދަކަށްވެގެން ނޫނީ ބަޠަލަކަށްވެގެން އަދި ޒިޔާރަތެއް ނޭރުވެއެވެ. މި ޒިޔާރަތް ނިސްބަތްވާ ކަލާފާނަކީ ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ މިނިވަންކުރެއްވި ބަޠަލު، މުހައްމަދު ބޮޑު ތަކުރުފާނުގެ ދަރިކަލުންނެވެ. ކަލާފާނަށް ޒިޔާރަތް އެރުވުނީ އެއީ ދިވެހި ރަސްކަމުގައި އިންނެވި ފަރާތަކަށްވުމުގެ އިތުރުން އެއީ ޝަހީދުކުރެވުނު ފަރާތަކަށްވެސް ވީތީއެވެ. ވީމާ ރަސްކަލެއްގެ އިއްޒަތާއެކު ޝަހީދެއްގެ ދަރަޖަ ލިބިވަޑައިގެންނެވި ފަރާތަކަށްވީތީ ޒިޔާރަތަށް އެރުވުނީއެވެ.
ގުޅުންހުރި

ހުޅުދުއްފާރާއި މަޑުއްވަރީގެ ފުޓްބޯޅަ ދަނޑުގައި ޓާރފް އެޅުމަށް ބޭނުންވާ ސާމާނުތައް އެރަށްތަކަށް ފޮނުވައިފި

ކުޑަހުވަދޫގެ މަގުތައް ހެދުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށްދަނީ!

ވެލިދޫ ކޮމިޔުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ސެންޓަރު ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް އާރްޑީސީން ފަށައިފި
