

.jpg?w=3840&q=75)






--
ނޭޝަނަލް ކެރިޔާ ސަރވިސެސް (އެންސީއެސް) އަދި މޯލްޑިވިސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)އާއި ދެމެދު ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތަށް ފަހިކޮއްދިނުމާއި ގުޅޭ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
އެންސީއެސް އަދި މިފްކޯއާއި ދެމެދު ކުރިއަށްދިޔަ މި މަޝްވަރާ ބައްދަލުވުމުގައި، ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތަށް ފަހިކޮއްދިނުމަށް ދެ ފަރާތުން ގުޅިގެން ކުރެވިދާނެ މަސައްކަތްތަކުގެ މައްޗަށް ވަނީ އަލިއަޅުވައިލައިފައެވެ.
އެގޮތުން، މިފްކޯގެ ފަރާތުން ރާއްޖޭގެ އެކި ރަށްރަށުން ވަޒީފާގެ ފުރުޞަތުތަށް ހުޅުވާލުމަށް މަސައްކަތްކުރައްވާނެކަން މި ބައްދަލުގައި ވަނީ ހާމަކުރައްވައިފައެވެ.
ވަޒީފާ ދިނުމުގައި ދިވެހިންނަށް އިސްކަން ދިނުމާއި ޚާއްސަކޮށް ސަރުކާރު ނިސްބަތްވާ ކުންފުނިތަކުގައި، ވަޒީފާ ޢަދާކުރާ ދިވެހިންގެ ޢަދަދު އިތުރު ކުރުމަށް ދިވެހި ސަރުކާރުން ދަނީ އެންސީއެސް މެދުވެރިކޮށް މިފަދަ ބައްދަލުވުންތައް ބާއްވައި ތަފާތު އެކި މަސައްކަތްތަކެއް ކުރަމުންނެވެ.


.jpg?w=3840&q=75)

