
--
އައްޑޫއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން އާ ޖަނަރޭޓަރެއް އެސިޓީއަށް ފޮނުވާލައިފިއެވެ.

ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނީ އެސިޓީއަށް ދިމާވެފައިވާ ކަރަަންޓުގެ މައްސަލަ ހައްލުކުރުމަށް އިތުރު ދެ ޖަނަރޭޓަރު ފޮނުވަމަށް ނިންމައި އޭގެ ތެރެއިން ތެރެއިން 1،000 ކިލޯވޮޓްގެ ޖަނަރޭޓަރާ އެކު އުޅަނދެއް ރޭ މާލެ އިން ފުރާފައިވާ ކަމަށެވެ. އަދި މި މަހުގެ 13 ވަނަ ދުވަހު އެ އުޅަނދު އައްޑު އަށް ބަނދަރު ކުރާނެ ކަމަށްވެސް ވަނީ ބުނެފައި އެވެ.
މީގެ އިތުރުން އިންޑިއާ އިން ގެންނަ 1،800 ކޭވީގެ ޖަނަރޭޓް ވެސް ވަނީ ތާވަލާ އެއްގޮތަށް އިންޑިއާ އިން އައްޑު އަށް ގެނައުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ފެނަކައިން ބުންޏެވެ.
އައްޑޫގެ ގުޅިފައިވާ އަވަށްތަކަށް ކަރަންޓްދޭ މަރުކަޒީ އިންޖީނުގޭގެ ޖަނަރޭޓަރުތަކަށް މައްސަލަތައް ދިމާވުމާއި ގުޅިގެން ކެޕޭސިޓީއާ އެއްވަރަށް ކަރަންޓް ނުއުފެއްދޭތީ އެކި އަވަށްތަކުން ދަނީ ކަރަންޓް ކަނޑަމުންނެވެ. މި މައްސަލަތައް ހައްލުކޮށް އައްޑޫ ކަރަންޓު މައްސަލައަށް އަވަސް ހައްލެއް ގެނައުމަށް މިހާރު ފެނަކައިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން އެކުންފުނީގެ ޓެކްނިކަލް ޓީމްތަކެއްވެސް މިހާރުވެސް އަންނަނީ އެސިޓީގައި ހަރަކާތްތެރިވަމުންނެވެ.
ފެނަކައިން ވަނީ ރައްޔިތުންނަށް މެދުކެނޑުމެއްނެތި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަންޖެހޭ ހުރިހާ ކަމެއްގެ ފުރިހަމަ ޒިންމާ ނަގައިގެން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ދީފައެވެ. މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުންފުނިން މަސައްކަތްކުރަމުންދާ ކަމަށްވެސް ފެނަކައިން ހާމަކޮށްފައިވެއެވެ.
ގުޅުންހުރި

ފުވައްމުލަކުން ފެނުގެ ހިދުމަތް މެދުކަނޑާލާފައިވަނީ ފެން ނެްޓްވޯކުގައި ލޮނުގެ އަސަރު ހުރެގެން، މައްސަލަ ހައްލުކޮށް ދަންވަރަށް ހިދުމަތް އަލުން ދޭން ފެށޭނެ - ފެނަކަ

ހިންނަވަރު ފެނަކަ އޮފީސް އިމާރާތް ރަސްމީކޮށް ހުޅުވައިފި

އޮޅުވެލިފުށީގައި ކީރިތި ޤުރްއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ޤޮތްޕެއް ޤާއިމްކުރުމުގެ އަމަލީ މަސައްކަތް ފަށައިފި





