.jpg?w=3840&q=75)






މިރޭ މާލޭގައި ގައުމީ ސަލާމަތާއި ގުޅުންހުރި އޮޕަރޭޝަނެއް ކުރިޔަށްދާކަމަށް ބުނެ ފުލުހުން ނެރުނު ކުއްލި ބަޔާން ފުލުހުންގެ މީސް މީޑިއާ މަންސަތަކުން ޑިލީޓްކޮށްފި އެވެ.
ފުލުހުން ކުއްލި ގޮތަކަށް ބަޔާނެއް ނެރުނީ މިރޭ 10:40 ހާއިރު އެވެ. އެގޮތުން އެބަޔާނުގައި ބުނެފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކީ ގުޅިގެން މިރޭ ދިވެހި ފުލުހުންގެ ހިދުމަތާއި ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު ގުޅިގެން ގައުމީ ސަލާމަތާ ގުޅުން ހުރި ހާއްސަ އޮޕަރޭޝަނެއް މާލެ ސަރަހައްދުގައި ކުރިއަށް ގެންދާ ކަމަށެވެ. ނަމަވެސް މި އޮޕަރޭޝަނާ ބެހޭ އެއްވެސް ތަފްސީލެއް ހާމަނުކޮށް ފުލުހުން ބުނެފައިވަނީ "މި އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ލިބުނު ވަރަކުން ހާމަކުރަމުން ގެންދާނެ." ކަމަށެވެ.
ނަމަވެސް އޭގެ މާގިނަ އިރުތަކެއް ނުވަނީސް ފުލުހުން ވަނީ އެބަޔާން ޑިލީޓްކޮށްފައި އެވެ. ފުލުހުންގެ މީޑިއާ ގްރޫޕަށް އެއިދާރާގެ މީޑިއާ އޮފިޝަލް ފޮނުވި މެސެޖެއްގައި ވިދާޅުވީ މީސް މީޑިއާ މަންސަތަކުގައި އެއިދާރާއިން ކުރިން ހިއްސާކުރި ބަޔާން ވަގުތީ ގޮތުން ޑިލީޓްކޮށްފައިވަނީ ބައެއް ނާޒުކު ތަފްސީލުތައް ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުންދާތީ ކަމަށެވެ. ސައްހަ އަދި އިތުބާރު ހިފޭ މައުލޫމާތެއް ފޯރުކޮށްދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަދި އެކަމުގެ ތަފްސީލް ކަށަވަރުކުރެވޭހާ އަވަހަކަށް އިތުރު އަޕްޑޭޓްތައް މީޑިއާއާ ހިއްސާ ކުރާނެ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
.jpg?w=3840&q=75)






