
--
ރެޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމަށް އުސްތާޒާ މަރިޔަމް ޝަމްއާ އިސްރާއީލް އައްޔަން ކުރައްވައިފިއެވެ.

އެމަގާމަށް ޝަމްއާ އައްޔަނުކުރިކަން ހާމަކުރީ މިއަދު އެކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ. އެގޮތުން ސައީދު ވަނީ ރެޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމަށް އައްޔަނުކުރެއްވުމާއި ގުޅިގެން ޝަމްއާއަށް މަރުހަބާ ދަންނަވާފައި އެވެ.
ރެޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމަށް އައު ބޭފުޅަކު އައްޔަނުކޮށްފައިމިވަނީ އެމަގާމުގައި 11 އަހަރު ދުވަސްވަންދެން ހުންނެވި މަރިޔަމް ވިސާމް މިދިޔަ ހަފްތާގައި އެމަަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
މިއަދު ރެޖިސްޓްރާއަކަށް ހަމަޖެއްސެވި ޝަމްއާއަކީ މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމަށް 2020 ވަނަ އަހަރު އަހަރުގެ އޮގަސްޓު މަހުގެ 31 ވަނަ ދުވަހު ގެޒެޓު ކުރެވި، އަމަލު ކުރަމުން އަންނަ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ކޮންސިއުމާ އޮމްބަޑްސްމަން އޮފީހުގެ އިސްވެރިޔާގެ މަގާމުގައި ހުންނެވި ބޭފުޅާއެވެ. ޝަމްއާ ވަނީ މީގެ ކުރިން ސުޕްރީމް ކޯޓުގެ ރެޖިސްޓްރާކަންވެސް ކުރައްވާފައި އެވެ.
ގުޅުންހުރި

ރާއްޖޭގެ ފުރަތަމަ ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓް ހިންގަން ރަސްމީކޮށް ހުއްދަދީފި
.webp&w=3840&q=75)
ގަވާއިދާ ޚިލާފަށް ބިދޭސީން ހިންގަމުންދިޔަ 11 ވިޔަފާރިއެއް ހުއްޓުވައިފި
.jpeg&w=3840&q=75)
ބިދޭސީން ވިޔަފާރިކުރުން މަނާ ދާއިރާތަކުން ވިޔަފާރި ކުރާނަމަ އެކަން ރިޕޯޓުކުރަން އެދެފި





