logoEN
Sto top
ގަރާޖެއް ބަލާ ފާސްކޮށް ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 2 ބިދޭސީޢަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް!

ގަރާޖެއް ބަލާ ފާސްކޮށް ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 2 ބިދޭސީޢަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް!

އަހުމަދު ޝުރާއު

logo

3/5/2025, 8:18:54 AM

# މޯލްޑިވްސް އިމިގްރޭޝަން

--

މާލޭގައި ހިންގަމުން އަންނަ ގަރާޖެއް ބަލައި ފާސްކޮށް އެތަނުގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުންދިއަ 2 ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

Wamco

އިމިގްރޭޝަނުން މިއަދު ބުނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް މަސައްކަތްކޮށް ވިޔަފާރިކުރަމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ ރެއިޑު އޮޕަރޭޝަންތައް މި ރަމަޟާން މަހުގައި ވެސް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމަށެވެ.

އެގޮތުން، "އިމިގްރޭޝަން ވޮޗް" އަށް ލިބުނު ރިޕޯޓަކާއި ގުޅިގެން އިއްޔެ މެންދުރުފަހު ވަނީ މާލޭގައި ހިންގަމުން އަންނަ ގަރާޖެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި އެތ ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުންދިއަ 02 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައި ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

ދާޚިލީ ވުޒާރާ އާއި، މޯލްޑިވްސް އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެންދަނީ ގަވާއިދާ ޚިލާފަށް އުޅެމުންދާ އަދި ވިޔަފާރިކުރަމުންދާ ބިދޭސީން ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފަށް ވިޔަފާރިތަކުގެ ތެރޭގައްޔާއި އެހެނިހެން ކަންކަމުގައި ޙަރަކާތްތެރިވަމުންދާ ބިދޭސީންނަށް އިތުރު ފުރުސަތެއް ދިނުމެއް ނެތި ޑީޕޯޓުކުރުމުގެ މަސައްކަތް ގެންދަނީ ކުރަމުންނެވެ. އެގޮތުން މިހާތަނަށް 6076 އަށްވުރެ ގިނަ ބިދޭސީން ވަނީ އަނބުރާ އެމީހުން ނިސްބަތްވާ ޤައުމުތަކަށް ފޮނުވާލާފައެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާ ގުޅޭ މައްސަލަތައް ހުށައެޅުމަށް "އިމިގްރޭޝަން ވޮޗް"ގެ ނަމުގައި އޮންލައިން ޕްލެޓް ފޯމެއްވެސްވަނީ ޤާއިމްކޮށްފައެވެ. އިމިގްރޭޝަން ވޮޗަށް މިހާތަނަށް 1297 އަށްވުރެ ގިނަ މައްސަލަ ހުށަހަޅާފަވާއިރު މީގެތެރެއިން ނުނިމި އޮތީ އެންމެ 11 މައްސަލައެކެވެ.

ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް އޮޕަރޭޝަން ކުރަނގީގެ ނަމުގައިވެސް ހަރަކާތެއްދަނީ ހިންގަމުންނެވެ. އެގޮތުން މިހާތަނަށް 43,294 ބިދޭސީންގެ ބަޔާމެޓްރިކް ޑޭޓާ ވަނީ ނަގާފައެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside