logoEN
Sto top
ބޮލީވިއާގައި ދެ ބަސް ޖެހި ހިނގި އެކްސިޑެންޓެއްގައި 37 މަރު!

ބޮލީވިއާގައި ދެ ބަސް ޖެހި ހިނގި އެކްސިޑެންޓެއްގައި 37 މަރު!

އަހުމަދު ޝުރާއު

logo

3/2/2025, 10:57:11 AM

# ބޮލީވިއާ

--

ބޮލީވިއާގެ ހުޅަނގު ޕޮޓޯސީ ސަރަހައްދުގައި ދެ ބަހެއް ޖެހި ހިނގި އެކްސިޑެންޓެއްގައި 37 މީހުން މަރުވެ އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށް ފުލުހުންނާއި އެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ބުނެފި އެވެ.

Wamco

މި އެކްސިޑެންޓު ހިނގީ ހޮނިހިރު ދުވަހުގެ ހެނދުނު 7:00 ހާއިރު އުޔޫނީ އާއި ކޮލްޗާނީ ސިޓީއާ ދެމެދު އޮންނަ މަގުގައި އެވެ.

އުޔޫނީއަކީ ފަތުރުވެރިންގެ މެދުގައި އެންމެ ބޮޑު ޝައުގުވެރިކަމެއް އޮންނަ އަދި 10،000 އަކަ ކިލޯމީޓަރު (3،900 އަކަ މޭލު) އަށް ވުރެ ބޮޑު ދުނިޔޭގެ އެންމެ ބޮޑު ލޮނު ފްލެޓް ކަމަށްވާ ސާލާރް ޑި އުޔޫނީއަށް ވަންނަ ދޮރެވެ.

މި ހާދިސާއާއި ގުޅިގެން ޕޮޓޯސީގެ ޑިޕާޓްމަންޓަލް ޕޮލިސް ކޮމާންޑްގެ ތަރުޖަމާނަކު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ މި ނުރައްކާތެރި އެކްސިޑެންޓުގެ ސަބަބުން އުޔޫނީ އަވަށުގެ ހަތަރު ހޮސްޕިޓަލެއްގައި 39 މީހަކަށް ފަރުވާ ދެމުންދާ ކަމަށާއި 37 މީހެއްގެ ފުރާނަ ގެއްލިފައިވާ ކަމަށެވެ.

އަދި މަރުވި މީހުންނާއި ޒަހަމްވި މީހުން ދެނެގަނެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ މީހުން ދެނެގަތުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.

އެކްސިޑެންޓުވި އެއް ބަހަކީ ލެޓިން އެމެރިކާގެ އެންމެ މުހިންމު އެއް ކާނިވަލް ހަފްލާ މިހާރު ކުރިއަށްދާ އޮރޫރޯއަށް ދަތުރުކުރަމުން ދިޔަ ބަހެކެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside