
--
މާލެ ސަރަހައްދުގައި ކުރިޔަށްގެންދިޔަ "ރޯދަ ސާފު " ޕްރޮގްރާމްގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ބައިވެރިވެއްޖެއެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާ އާއި ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ މި ޕްރޮގްރާމ ފެށީ މިއަދު ހެނދުނު އެވެ. މި ޕްރޮގްރާމުގައި ސަރުކާރުގެ އެކި މުވައްސަސާތަކާއި ކުންފުނިތަކުން ވަނީ ބައިވެރިވެފައި އެވެ.
އެގޮތުން މިއަދުގެ ހަރަކާތުގައި އެމްއޭސީއެލްގެ އެކި ޑިޕާޓްމަންޓްތަކުން 500 އަށް ވުރެ ގިނަ މުވައްޒަފުން ބައިވެރިވެފައިވާކަމަށް އެކުންފުނިން ބުނެއެވެ. މި ޙަރަކާތުގައި އެމް.އޭ.ސީ.އެލްގެ ޓީމްތަކުން ސާފު ކުރާނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އެކި ސަރަހާއްދުތަކެވެ.
އެމްއޭސީއެލުން ބުނީ މިއީ ފަސިންޖަރުންނާއި މުވައްޒަފުންނަށް ހިތްހަމަޖެހޭ މާހައުލެއްގެ ގޮތުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ބޭއްވުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ. އަދި އެމް.އޭ.ސީ.އެލްއިން އަބަދުވެސް އެއަރޕޯޓް ސާފު ކުރުމުގެ ހަރަކާތްތައް "ގްރީން އެއަރޕޯޓް" އިނިޝިއޭޓިވްގެ ދަށުން އަހަރުގެ އެކި ދުވަސްވަރު ކުރިޔަށް ގެންދާކަން ވަނީ ފާހަގަކޮށްފައި އެވެ.
ގުޅުންހުރި

ރާއްޖެއަށް އަންނަ ޕްރައިވެޓް ޖެޓްގެ އަދަދު 2 ހަފްތާ ތެރޭގައި ދެގުނަ!

އެއާ އިންޑިއާއިން ރާއްޖެއަށް ދަތުރުތައް ފެށިތާ 50 އަހަރު!

ޓަރމިނަލް 2 އަށް ޑޮމެސްޓިކް އޮޕަރޭޝަން ބަދަލުކުރުމަކީ ހިދުމަތް ފުޅާކުރުމަށް ކުރާ މަސައްކަތަށް އިތުރުވި އާ ބޮޅެއް: އެމްޑީ ޝަރީފް

.gif&w=3840&q=75)



