![އިޒްރޭލާއި އެމެރިކާއިން ދޭ އިންޒާރަކަށް ނުސިހޭނެ - ހަމާސް](/_next/image?url=%2Fog%2FBreaking.jpg&w=3840&q=75)
އަސީރުން ދޫކޮށްލުމުގެ މައްސަލާގައި އެމެރިކާއާއި އިޒްރޭލުން ދެމުންދާ އިންޒާރުތަކަށް ހަމާސް ޖަމާއަތް "ނުސިހޭނެ" ކަމަށް އެޖަމާއަތުގެ ތަރުުޖަމާނު ވިދާޅުވެއްޖެ އެވެ.
![Wamco](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F12%2Fcommercial-300%C3%83%C2%97300.gif&w=3840&q=75)
ޣައްޒާގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ތަންފީޒުކުރުމާ މެދު ދެ ފަރާތުގެ މެދުގައި އުފެދިފައިވާ ދެބަސްވުންތަކާއި ގުޅިގެން އެމެރިކާ އާއި އިޒްރޭލުން ދޭ އިންޒާރުތައް ބަލައި ނުގަންނާނެ ކަމަށް ތަރުޖަމާނު ހަޒީމް ޤާސިމް ވިދާޅުވިއެވެ.ހަމާސްގެ ތަރުޖަމާނު ހަޒީމް ޤާސިމް ވިދާޅުވީ ހަމާސްގެ ސްޓޭންޑް ވަރަށް ސާފު ކަމަށާއި އެމެރިކާ އާއި އިސްރާއީލުގެ އިންޒާރުތަކުގެ ބަސް ބަލައިނުގަންނާނެ ކަމަށެވެ. އެގޮތުން އަސީރުންގެ މައްސަލާގައި އަސީރުން ދޫކޮށްލާނީ ދެފަރާތުން ވެފައިވާ އެއްބަސްވުމުގައި ވާ ގޮތުގެ މަތީން ކަމަށް އޭނާ ވިދާޅުވިއެވެ.
ހަމާސްއިން ވަނީ އިޒްރޭލުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި ހިލާފުވެފައިވާކަމަށާއި އެ އެއްބަސްވުމަށް އިޒްރޭލުން އިހްތިރާމްނުކޮށްފި ނަމަ އަސީރުން ދޫނުކޮށްލާނެ ކަމުގެ އިންޒާރު ދީފައި އެވެ. އެގޮތުން ހުޅަނގު އައްސޭރީގައި ޔަހޫދީން ދެމުންދާ ހަމަލާތައް ހުއްޓާލުމަށް އިޒްރޭލަށް ހަމާސްއިން އިންޒާރުދީފައި އެވެ.
ހަމާސްގެ އިންޒާރަށް ރައްދު ދެމުން އިޒްރޭލުގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް އަސީރުތައް އެއްކޮށް މިނިވަން ނުކޮށްފި ނަމަ ހަނގުރާމަ އަލުން ފަށާނެ ކަމަށް ބުނެފައި އެވެ. އެގޮތުން ހަނގުރާމަ އަލުން ފެށުމަށް ވާންޖެހޭ ތައްޔާރީތައް އިޒްރޭލު އަސްކަރިއްޔާއިން މިހާރު ވަނީ ފަށާފައި އެވެ.
ނަތަންޔާހޫގެ އިންޒާރަށް ތަބާވުމަށް އެމެރިކާގެ ވެރިކަމާއި ދާދި ފަހުން ހަވާލުވި ޑޮނަލްޑް ޓްރަމްޕު ވެސް ހަމާސްއަށް ގޮވާލާފައި އެވެ.