






.jpg?w=3840&q=75)
ހުޅަނގު އައްސޭރީގައި މުސްލިމުންނަށް ހަމަލާދެމުންދިޔަ ޔަހޫދީ ސިފައިންގެ މީހަކު ޒަހަމްކޮށްލައިފި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ޔަހޫދީންގެ ސިފައިންެގެ މީހަކު ޒަހަމްކޮށްލާފައިވަނީ ހުޅަނގު އައްސޭރީގައި ޔަހޫދީ ސިފައިންނާއި މުސްލިމުންނާއި ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގައި އެވެ.
މިކަން ކަށަވަރުކޮށް ޔަހޫދީ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ ހިފާފައިވާ ހުޅަނގު އައްސޭރީގެ ތުލްކަރޭމްގައި ފަލަސްތީނުގެ ހަނގުރާމަވެރިންނާ ޔަހޫދީ ސިފައިންނާއި ދެމެދު ހިނގި ބަޑީގެ ހަމަލާބަދަލުކުރުންތަކުގައި ފަލަސްތީނުގެ އެކަކު ޝަހީދުކޮށްލާފައިވާ ކަމަށެވެ.
އަދި ނޫރު ޝާމްސް ރެފިއުޖީ ކޭމްޕަށް ސަރަހައްދުގައި ހިނގި މި ހަމަލާބަދަލުކުރުންތަކުގައި މެގްލާން ކޮމާންޑޯ ޔުނިޓްގައި މަސައްކަތް ކުރާ އިސްރާއީލު ސިފައިންގެ މީހަކަށް ޒަހަމްވެ، ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އަސްކަރިއްޔާއިން ބުނެއެވެ.
ޔަހޫދީންނާއި ހަމާސްއާއި ދެމެދު ހިނގަމުންދިޔަ 15 މަސް ދުވަސްވީ ހަނގުރާމަ މިވަގުތު ހުއްޓިފައި އޮތް ނަމަވެސް ހުޅަނގު އައްސޭރީގައި ޔަހޫދީން މުސްލިމުންނާއި ދެކޮޅަށް ދެމުންދާ ހަމަލާތައް ވަނީ ވަރުގަދަ ކޮށްފައި އެވެ.







