logoEN
Sto top
ސަރުކާރުން ހަދިޔާކުރާ މަސްކޭސް މާލެ ސަރަހައްދުގައި ދޫކުރަން ފަށާނީ މިމަހު 20 އިން ފެށިގެން!

ސަރުކާރުން ހަދިޔާކުރާ މަސްކޭސް މާލެ ސަރަހައްދުގައި ދޫކުރަން ފަށާނީ މިމަހު 20 އިން ފެށިގެން!

އަހުމަދު ޝުރާއު

logo

2/11/2025, 1:19:45 PM

# އެސްޓީއޯ# މިފްކޯ

--

ރަމަޟާން މަހަށް ޚާއްޞަކޮށް ސަރުކާރުން ކޮންމެ ގޭބިސީއަކަށް ހަދިޔާކުރީ ހަމަޖެހިފައިވާ މަސްދަޅު ކޭސް ބެހުމުގެ ތައްޔާރީތައް މިހާރު ފުރިހަމަކުރެވިފައިވާކަމަށް އެސްޓީއޯއިން ބުނެފި އެވެ.

Wamco

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވައުދުފުޅާއި އެއްގޮތަށް މި މަސައްކަތް އެސްޓީއޯއިން ކުރިއަށް ގެންދަނީ ސަރުކާރުގެ އެކި މުއައްސަސާތަކާއި، މިފްކޯ އާއި މޭލެ ސިޓީ ކައުންސިލް އަދި ރަށްރަށުގެ ކައުންސިލްތަކާ އެކު މަޝްވަރާކުރެވި، ގިނަ ފަރާތްތަކެއްގެ އެއްބާރުލުމާއެކުގައި ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެގޮތުން ގޭބިސީތަކަށް ދިނުމަށް ހަމަޖެހިފައިވާ މަސްދަޅު ކޭހުގައި ހިމެނެނީ 180 ގްރާމުގެ ތެޔޮމަހުގެ (ޗަންކްސް އިން އޮއިލް) 48 ދަޅެވެ.

މާލެ ސަރަހައްދުގެ ގޭބިސީތަކަށް މަސްދަޅު ކޭސް ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުންނެވެ. އެގޮތުން މާލޭގައި މި މުދާ ދޫކުރުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ތާރީޚުތަކަށް އެއްވެސް ބަދަލެއް އަތުވެއްޖެނަމަ، އެކަން ކުރިއާލާ އަންގާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

މިއަހަރުވެސް މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ލިބިވަޑައިގަންނަވާނީ ހަމައެކަނި ދިވެހި ރައްޔިތުންނަށެވެ އަދި ދޫކުރެވޭނީ ގޭގޭގެ ކަރަންޓް މީޓަރު ނަންބަރު ޗެކްކުރުމަށްފަހު، ބަލައި އަންނަ ފަރާތުގެ އައިޑީ ކާޑާއި ގުޅޭނެ ފޯނު ނަންބަރު ރެކޯޑު ކުރުމަށްފަހުގައި ކަމަށް އެސްޓީއޯއިން ބުނެއެވެ.

މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބެހުމަށް ހަމަޖެހިފައިވަނީ ދެ ދަންފަޅިއަކަށެވެ. އެއީ މެންދުރުފަހު 2:30 އިން ހަވީރު 6:00 އާ ހަމައަށް އަދި ރޭގަނޑު 8:30 އިން 11:00 އާ ހަމައަށެވެ. ހަދިޔާ ދޫކުރުމަށް މާލެ ސަރަހައްދުގައި ޖުމްލަ 5 މަރުކަޒެއް ޤާއިމުކުރެވިފައި ހުންނާނެ އެވެ. އެ ތަންތަނަކީ:

• މާލޭގައި: މާލެ ސިޓީ ކައުންސިލްގެ އާންމު ޚިދުމަތްތަކާބެހޭ ބައި އަދި މިފްކޯ އޮފީސް ކޮމްޕައުންޑް• ވިލިމާލޭގައި: ވިލިމާލޭ ކައުންސިލް އޮފީސް• ހުޅުމާލެ ފޭސް-1 ގައި: އުމަރު ޒާހިރު ބިލްޑިންގ• ހުޅުމާލެ ފޭސް-2 ގައި: ހިޔާ ފްލެޓް ޓަވަރ 10 ގެ ޔޫތު ސެންޓަރު

އެސްޓީއޯއިން އިތުރަށް ބުނީ އަތޮޅު ތެރެއަށް ފޮނުވާ މަސްދަޅު ކޭސްތައް ފެބްރުއަރީ 5 ވަނަ ދުވަހުން ފެށިގެން ދޯނިފަހަރަށް އަރުވަން ފަށާފައިވާ ކަމަށާއި ރަށްރަށުގެ ގޭބިސީތަކަށް ބެހުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެ ރަށެއްގެ ކައުންސިލުން ކަމަށެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside