
--
އެއަރޕޯޓް ސީޕްލޭން ޓަރމިނަލް ކައުންޓަރ ކައިރީހުރި ފޮށިގަނޑެއް ވަގަށް ނަގާފައިވާ މައްސަލައެއްގައި މީހަކު ހޯދަން ފަށައިފިއެވެ.

ފުލުހުން ވީޑިއޯއާއި އެކު އާންމުކުރި އިއުލާނެއްގައި ބުނީ އެ ވީޑިއޯ އިން ފެންނަ މީހާއަކީ އެއަރޕޯޓް ޕޮލިސް އިންވެސްޓިގޭޝަނުން ތަހުގީގުކުރަމުންދާ، 2024 ނޮވެންބަރު 23 ވަނަ ދުވަހުގެ ވަގުތެއްގައި ވޭލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ސީޕްލޭން ޓަރމިނަލް ކައުންޓަރު ކައިރީގައިހުރި ފޮށިގަނޑެއް ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެން ހޯދަންބޭނުންވެ، އެމީހާއަކީ ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ މީހެއް ކަމަށެވެ.
ވީމާ، ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމަޢުލޫމާތެއް ވިލިމާލެ ޕޮލިސްގެ ނަންބަރު 9400056އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ކެމްބޯޑިއާއިން ފޮނުވި ފުރަތަމަ ސީ-ޓު-އެއަރ ކާގޯ ވީއައިއޭ އިން ފޮނުވާލީ ކާމިޔާބުކަމާއެކު

ވީއައިއޭގެ ފަޅުތެރޭގެ އޮޕަރޭޝަންތައް ހަރުދަނާކޮށް އަވަސްކުރުމަށްޓަކައި ޚާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް ތަޢާރަފުކޮށްފި

އެއާ އިންޑިއާގެ އޮޕަރޭޝަންތައްވެސް ވީއައިއޭގެ ޓާމިނަލް 1 އަށް!




