
--
އއ ތޮއްޑޫގައި ވާ މަދުކުރުމަށް މަސައްކަތްތަކެއް ފަށައިފި އެވެ.

ސިފައިން މިއަދު ބުނީ އއ.ތޮއްޑޫގައި ވާ މަދުކުރުމުގެ ޕްރޮގްރާމެއް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑާއި އއ.ތޮއްޑޫ ކައުންސިލް ގުޅިގެން ފަށާފައިވާ ކަމަށެވެ.
މި ޕްރޮގްރާމަކީ ތޮއްޑޫގައި ވާ ގިނަވެ އާންމު ފަރުދުންނަށް އުނދަގޫތަކާ ކުރިމަތިލާން ޖެހިފައިވުމުގެ ސަބަބުން، ފެބުރުވަރީ 1 ވަނަ ދުވަހުން ފެށިގެން 6 ދުވަހަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
އެގޮތުން މި ޕްރޮގްރާމުގައި، ކޮންމެ ދުވަހަކު ވެސް އެ ރަށުގެ އެކި ސަރަހައްދުތަކުގައި ބަޑި ޖަހައިގެން ވާ މަދުކުރުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައި ކަމަށް ސިފައިން ބުނެއެވެ.
މި ޕްރޮގްރާމުގައި ހަރަކާތްތެރިވަނީ އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުގެ ސިފައިންނެވެ.
ގުޅުންހުރި
ގެއްލުނު ސިފައިންގެ ބޭކަލަކީ ތިނަދޫގެ ކުޅަދާނަ ފުޓްބޯޅަ ކުޅުންތެރިޔާ އިއްބެ: ގެއްލުނު ތިން މީހުން ހެޔޮ ހާލުގައި ފެނުމަށް އެދި މުޅި ރާއްޖެއިން ހެޔޮ ދުޢާކުރަނީ

އެކްސަސައިޒް ޕްރަގާޓީ 2026ގައި 30 ސިފައިންނާއި 2 އޮފިސަރަކު ބައިވެރިވެއްޖެ

ގެއްލުނު ޑައިވަރުން ހޯދުމުގެ އޮޕަރޭޝަންގެ ތެރެއިން ހާލު ދެރަވި ސިފައިންގެ ޑައިވަރު ނިޔާވެއްޖެ




