logoEN
Sto top
ރިޔާސީ ބަޔާން އިއްވާ ދުވަހު އިދިކޮޅުން މަޖިލީސް ދޮށަށް އެއްވަނީ

ރިޔާސީ ބަޔާން އިއްވާ ދުވަހު އިދިކޮޅުން މަޖިލީސް ދޮށަށް އެއްވަނީ

އަހުމަދު ޝުރާއު

logo

2/4/2025, 3:09:45 PM

# އެމްޑީޕީ

--

ރައްޔިތުން މަޖިލިސް މިއަހަރަށް ފެށުމަށްޓަކައި ބާއްވާ ޖަލްސާގައި ރައީސް ޑރ މުހައްމަދު މުއިއްޒު ދެއްވާ ރިޔާސީ ބަޔާނާއި ދިމާކޮށް އިދިކޮޅު އެމްޑީޕީން މަޖިލިސް ދޮަށަށް އެއްވާން ނިންމައިފި އެވެ.

Wamco

ކޮންމެ އަހަރެއްގެވެސް ރިޔާސީ ބަޔާން އިއްވަނީ އެއަހަރެއްގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި އެވެ. އެގޮތުން މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ 6 ފެބުރުވަރީ 2025 ވާ ބުރާސްފަތި ދުވަހު ބޭއްވުމަށް ވަނީ ތާވަލުކޮށްފައި އެވެ.

މިއާއި އެކު މިއަދު އެމްޑީޕީން ވަނީ އެދުވަހު ރައްޔިތުންގެ މަޖިލީސް ކައިރިއަށް އެއްވާން ނިންމައި އެކަން ރަސްމީކޮށް އިއުލާނުކޮށްފައި އެވެ. މީސް މިޑިއާގައި އެމްޑީޕީން މިއަދު ހިއްސާކުރި ޕޯސްޓެއްގައި ބުނީ "ރިޔާސީ ބަޔާން އަޑުއަހަން އެންމެން މަޖިލިސް ދޮަށަށް" ނަމުގައި އެދުވަހު މަޖިލީސް ކައިރިއަށް އެޕާޓީން އެއްވާން ނިންމާފައިވާ ކަމަށެވެ.

ގާނޫނު އަސާސީ އަށް ގެނައި ނޭދެވޭ ބަދަލުތައް އިސްލާހު ކުރަންދެން ސިލްސިލާ ހަރަކާތްތަކެއް މުޅި ރާއްޖޭގައި ކުރިއަށް ގެންދިއުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ވަނީ އިގުރާރުވެފައެވެ.

ރިޔާސީ ބަޔާން އިއްވާ ޖަލްސާގެ އެޖެންޑާ މެމްބަރުންނަށް މިހާރު ފޮނުވާފައިވާއިރު އެޖެންޑާގައި ވާ ގޮތުން ޖަލްސާ ފެށޭނީ ބުރާސްފަތި ދުވަހު ހެނދުނު 9:00 ގައެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside