ނަސްރަالله ހިމެނޭހެން ޝަހީދުކޮށްލި ހިޒްބުالله ގެ އިސްވެރިންގެ ރަސްމީ ޖަނާޒާ މިމަހު ފަހުކޮޅު!
އަހުމަދު ޝުރާއު
2/3/2025, 4:59:12 AM
ލުބުނާނުގެ ވެރިރަށް ބެއިރޫތަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ޝަހީދުވިތާ އެތައް މަހެއް ފަހުން ހިޒްބުاللهގެ ލީޑަރު ހަސަން ނަސްރުاللهގެ ޖަނާޒާ މި ހިނގާ މަހުގެ 23 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ކަމަށް އެ ޖަމާއަތުން ބުނެފި އެވެ.ހިޒްބުاللهގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި 30 އަހަރަށް ވުރެ ގިނަ ދުވަހު ހުންނެވި ނަސްރުالله އަވަހާރަކޮށްލީ މިދިޔަ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު އިޒްރޭލުން ބެއިރޫތުގެ ދެކުނުގެ އަވަށްތަކުގައި ހުންނަ ހިޒްބުاللهގެ އަމާޒުތަކަށް ވައިގެ ހަމަލާތައް ވަރުގަދަ ކުރަމުން ދަނިކޮށެވެ. އެގޮތުން އެވަގުތަކީވެސް ޔަހޫދީންގެ ވަރުގަދަ ހަމަލާތަކެއް ދެމުން ދިޔަ ވަގުތެއް ކަމުން ނަސްރަالله ގެ ޖަނާޒާ ކުރިޔަށްގެންދިޔައީ ވަގުތީ ޖަނާޒާއެއްގެ ގޮތުގައި އެވެ.
ނަޞްރުالله އަވަހާރަކޮށްލީ " ދަތި ދަނޑިވަޅެއްގައި" ކަމަށާއި، ދީނީ އާދަކާދައާ އެއްގޮތްވާ ގޮތުގެ މަތިން އޭނާ ވަގުތީ ގޮތުން ފަސްދާނުލާން އެ ޖަމާއަތަށް މަޖުބޫރުވީކަމަށް ކަމަށް އޭނާގެ ފަހުން ހިޒްބުاللهގެ ހިންގުމާއި ވަޑައިގެންނެވި ނާއިމް ޤާސިމް އާދީއްތަ ދުވަހު ޓީވީ މެދުވެރިކޮށް ދެއްވި ޚިޠާބުގައި ވިދާޅުވެފައިވެއެވެ.ޤާސިމް ވިދާޅުވީ ނަސްރުالله އަވަހާރަކޮށްލިތާ ގާތްގަނޑަކަށް ހަފުތާއެއްހާ ދުވަސް ފަހުން އިސްރާއީލުން ދިން ހަމަލާއެއްގައި ޝަހީދުވި ހިޒްބުاللهގެ އެހެން އިސް އޮފިޝަލެއް ކަމަށްވާ ހާޝިމް ސަފީދީންގެ ޖަނާޒާގެ ބޮޑު ހިނގާލުމެއް ބާއްވަން އެ ޖަމާއަތުން މިހާރު ނިންމާފައިވާ ކަމަށެވެ.އަދި ނަސްރުاللهގެ ފަހުން ހިޒްބުاللهގެ ހިންގުމާއި ސަފީދީން އާއި ހަވާލުކުރިކަން ފުރަތަމަ ފަހަރަށް ހިޒްބުاللهއިން ވަނީ ކަށަވަރުކޮށްދީވެސްފައި އެވެ. ނަމަވެސް އެކަން އިއުލާނު ކުރުމުގެ ކުރިން އޭނާ މަރާލާފައިޝަހީދުކޮށްލާފައިވާ ކަމަށާއި އެހެން ނަމަވެސް ސަފީދީން ގެ ޖަނާޒާވެސް ކުރިޔަށްދާނީ ސެކްރެޓަރީ ޖެނެރަލްގެ ލަގަބާއެކުގައި ކަމަށް ހިޒްބުاللهއިން ވަނީ ބުނެފައި އެވެ.
ރަސްމީ ޖަނާޒާއަށްފަހު ނަސްރުالله ފަސްދާނުލުމަށް ހަމަޖެހިފައިވަނީ "ކުރީގެ އެއާޕޯޓު މަގުތަކާއި އާ އެއާޕޯޓު މަގުތަކުގެ މެދުގައި ހިޒްބުاللهއިން ޚިޔާރުކުރި ބިމެއްގައި" ބެއިރޫތުގެ ބޭރުގައި ކަމަށާއި، ސަފީދީން ފަސްދާނުލާނީ ލުބްނާނުގެ ދެކުނުގައި އޮންނަ އޭނާގެ އުފަން ރަށް ކަމަށްވާ ދީރް ކަނޫންގައި ކަމަށް މިހާރު ވެރިޔާ ނާއިމް ވިދާޅުވި އެވެ.
ހިޒްބުالله ޖަމާއަތުގެ އެންމެ އިސް އަސްކަރީ ކޮމާންޑަރުން ތަކެއް ޝަހީދުކޮށްލުމާއި އެކު އެ ޖަމާއަތުގެ އެންމެ އިސްވެރިއަކަށް އެ ޖަމާއަތުގެ ޑެޕިއުޓީ ލީޑަރު ނާއިމް ޤާސިމް ހޮވިފައިވާކަން ހިޒްބުالله އިން އިއުލާނުކުރީ މިދިޔަ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހުއެވެ.