
ނިރުބަވެރި އިސްރާއީލުގެ އަސްކަރިއްޔާއިން މިއަދު ހުޅަނގު އައްސޭރީގެ ޖެނިންއަށް ދިން ވަރުގަދަ ހަމަލާގައި އެއަވަށުގެ މައި ހޮސްޕިޓަލަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

އަލްޖަޒީރާއިން ރިޕޯޓުކުރާ ގޮތުގައި އި އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ޖެނިން ރެފިއުޖީ ކޭމްޕަށް ޔަހޫދީން އެއްފަހަރާ ވަރުގަދަ ހަމަލާތަކެއް ދީ ގިނަ އިމާރާތްތަކެއް ވަނީ ބިމާއި ހަމަކޮށްފައި އެވެ.
އެގޮތުން މި ހަމަލާގައި 20 ވަރަކަށް ގެ ހަލާކުވެފައިވާ ކަމަށް ބެލެވޭ ކަމަށް އަލް ޖަޒީރާއިން ރިޕޯޓުކުރެއެވެ.
ޖެނިން ގަވަމެންޓް ހޮސްޕިޓަލްގެ ޑިރެކްޓަރު ވިސާމް ބޭކަރ ފަލަސްތީނުގެ ނިއުސް އެޖެންސީ ވަފާއަށް ވިދާޅުވީ އިސްރާއީލުގެ އަސްކަރިއްޔާއިން ދިން ބޮމުގެ ވަރުގަދަ ހަމަލާތަކުގެ ސަބަބުން މެޑިކަލް ފެސިލިޓީގެ ބައެއް ތަންތަނަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ.
ނަމަވެސް މި ހަމަލާގައި މީހަކު ޝަހީދުވި ކަމުގެ ރިޕޯޓެއް އަދި މިހާތަނަށް ލިބިފައިވާ ނުވާކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ޖެނިން ރެފިއުޖީ ކޭމްޕްގައި އިޒްރޭލުގެ އަސްކަރިއްޔާއިން ކުއްލި ގޮތަކަށް އެއްފަހަރާ ދިން ވަރުގަދަ ހަމަލާގެ އަޑު ޖެނިން އާއި ޖެނިން ކައިރި އަވަށްތަކަށް އިވުނު ކަމަށް ރިޕޯޓުތައް ބުނެއެވެ.
އަދި މިއީ މިފަހަކުން ޔަހޫދީން ޖެނިންއަށް ދިން އެންމެ ވަރުގަދަ އެއް ހަމަލާކަމަށްވެސް ވެއެވެ.
އިސްރާއީލުން ދަނީ ފާއިތުވި ދެ ހަފުތާގެ ތެރޭގައި ހުޅަނގު އައްސޭރީއަށް އަސްކަރީ ބޮޑެތި ހަމަލާތަކެއް ދެމުންނެވެ. ޣައްޒާ ހަނގުރާމަ ހުއްޓާލަން ހަމާސްއާއި އިޒްރޭލުން އެއްބަސްވި ފަހުން ހުޅަނގު އައްސޭރީގައި ޔަހޫދީންގެ ހަމަލާތައް ވަރަށް ބޮޑަށް އިތުރުކޮށްފައި ވެއެވެ.
ޖެނިން އަކީ އިސްރާއީލުގެ އަސްކަރިއްޔާއިން ހުޅަނގު އައްސޭރީގައި ރެއިޑުގެ ނަމުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކުގެ ފޯކަލް ޕޮއިންޓުގެ ގޮތުގައި މަޝްރަހު ދިރާސާ ކުރާ ފަޜާތްތަކުން ދެކެއެވެ.
ގުޅުންހުރި

ހުޅަނގު އައްސޭރީގައި މުސްލިމުންނަށް ހަމަލާދެމުންދިޔަ ޔަހޫދީ ސިފައިންގެ މީހަކު ޒަހަމްކޮށްލައިފި

ޔަހޫދީންގެ އަނިޔާވެރިކަން އިންތިހާއަށް: ބަނޑަށް 8 މަހުގައި މާބަނޑު އަންހެނަކު ޝަހީދުކޮށްލައިފި

ޔަހޫދީން ދިން ހަމަލާގައި ޖެނިންގެ ހޮސްޕިޓަލަށްވެސް ގެއްލުންތަކެއް!
