
ސަލާހްގެ ދެލަނޑާއެކު ބޯންމައުތު ބަލިކޮށް ލިވަޕޫލުން ނުވަ ޕޮއިންޓަށް ލީޑު ފުޅާކޮށްފި
# ބޯންމައުތު# ބޭރު ދުނިޔޭގެ ކުޅިވަރު# ލިވަޕޫލް# އިނގިރޭސި ޕްރެމިއާ ލީގުލިވަޕޫލް އާއި ބޯންމައުތު ވާދަކުރި މެޗުގެ ތެރެއިން..
އިނގިރޭސި ޕްރެމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ރަށުން ބޭރުގައި 2-0 ގެ ނަތީޖާއަކުން ބޯންމައުތު ބަލިކޮށް ލިވަޕޫލުން ލީގު ތާވަލުގެ އެއްވަނައިގައި ނުވަ ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

ލީގުގައި ލިވަޕޫލް އެންމެ ފަހުން ކުޅުނު މެޗުގައި 4-1 ގެ ނަތީޖާއަކުން އިޕްސްވިޗް އަތުން މޮޅުވެފައިވާއިރު، ބޯންމައުތު އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ ނޮޓިންގްހަމް ފޮރެސްޓް 5-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ލިވަޕޫލް އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި ލިވަޕޫލުން މެޗުގެ ލީޑުހޯދި ލަނޑު ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ފޯވާޑް މުހައްމަދު ސަލާހް އެވެ.
މީގެ އިތުރުން ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި ބޯންމައުތުން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރު ވެސް ކުރިއެވެ. ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއްކަމަށެވެ. އަދި މިއާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ލިވަޕޫލުން ލީޑު ފުޅާކުރި ލަނޑު މެޗުގެ 75 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް ސަލާހް އެވެ. އަދި މިއީ ލީގުގައި އެންމެ ފަހުން ކުޅުނު 23 މެޗުގައި އޭނާ ކާމިޔާބުކުރި 21 ވަނަ ލަނޑެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 23 މެޗުން ލިވަޕޫލަށް 56 ޕޮއިންޓް ލިބިފައިވާއިރު، ނުވަ ޕޮއިންޓްގެ ބޮޑު ލީޑަކާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި ބޯންމައުތުން ލީގުގައި ކުޅުނު 24 މެޗުން ލިބުނު 40 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ހަތްވަނައިގައެވެ.
ފަހުގެ

މިފްސާ, މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގގެ ދަށަށް!

ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އަވައްޓެރި ރޯދަ ވީއްލުންތަކެއް ބާއްވަނީ
%20(1)-1741884264466.webp&w=3840&q=75)
ޕީސީބީގެ ރައީސްކަމުގެ މަގާމަށް މުޙައްމަދު އަނަސް!

"މަހުރަޖާނުލް ޤުރުއާނިލްކަރީމް 1446" ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ޝަރަފުވެރިކޮށްދެއްވީ ފަސްޓް ލޭޑީ!

ސްޓްލެކޯއިން މިއަހަރު ހައްޖާއި އުމްރާގެ އަޅުކަން އަދާކުރަން ދިއުމުގެ ފުރުސަތު ލިބޭ މުވައްޒަފުން ހޮވައިފި
