logoEN
Sto top
މިދިޔަ އަހަރު އެސްޓީއޯޢަށް ޖުމްލަ ފައިދާގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ!

މިދިޔަ އަހަރު އެސްޓީއޯޢަށް ޖުމްލަ ފައިދާގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ!

އަހުމަދު ޝުރާއު

logo

1/30/2025, 6:59:14 PM

# އެސްޓީއޯ

--

ފާއިތުވި 2024 ވަނަ އަހަރު އެސްޓީއޯޢަށް ޖުމުލަ ފައިދާގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

Wamco

އެސްޓީއޯގެ 2024 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރގެ ހިސާބުތައް އެކުންފުނީގެ ރަސްމީ ވެބްސައިޓުގައި މިރޭ ވަނީ އާންމުކޮށްފައެވެ. އެގޮތުން ތަފާސްހިސާބުތައް ދައްކާގޮތުގައި އެކުންފުނީގެ މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރގެ ޖުމްލަ އާމްދަނީގެ ގޮތުގައި 3.8 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މީގެ ކުރީ ކުއާޓާރއާއި އަޅާ ބަލައިއިރު 7 އިންސައްތައިގެ ކުރިއެރުމެކެވެ. އެސްޓީއޯއިން ބުނީ އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ ކުންފުނިން ކުރަމުންގެންދާ ވިޔަފާރިތައް ރަގަޅުވެ އާމްދަނީ އިތުރުވަފެއިވުން ކަމަށެވެ. މިއާއިއެކު ޖުމްލަ ފައިދާ އޭގެ ކުރީ ކުއާޓާރއާއި އަޅާ ބަލައި 8 އިންސައްތައިން އިތުރުވެ، ޖުމްލަ ފައިދާގެ ގޮތުގައި ވަނީ 637 މިލިއަން ރުފިޔާ ލިބިފައި ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯގެ ހަތަރުވަނަ ކުއާޓަރގެ ޖުމްލަ ފައިދާ ރަގަޅު ވުމާއިއެކު ޓެކްސްއަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި ވަނީ 218 މިލިއަން ރުފިޔާ ލިބިފައެވެ.

ހުރިހާ ކުއާޓަރެއްގެ ތަފާސްހިސާބުތަކާއި އެކު 2024 ވަނަ އަހަރުގެ ޖުމްލަ އާމްދަނީގެ ގޮތުގައި އެކުންފުންޏަށް ވަނީ 15 ބިލިއަން ރުފިޔާ ލިބިފައެވެ. މިއީ، މީގެ ކުރީ އަހަރާއި އަޅާބަލައި 6 އިންސައްތައިގެ ދަށްވުމެއް ކަމަށް އެސްޓީއޯއިން ބުނެއެވެ. އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި އެކުންފުނިން ދެކެނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައިބަދަލާއިއެކު ކުންފުނިން ވިއްކަމުން ދިޔަ ތެލުގެ އަގަށް ހެޔޮ ބަދަލުތަކެއް ގެނެވި ތިން ފަހަރެއްގެ މަތިން ތެލުގެ އަގު ދަށްކުރުމާއިއެކު، ތެލުގެ ވިޔަފާރިން ލިބުނު އާމްދަނީ ދަށްވެފައިވުމެވެ.

އާމްދަނީ ދަށްވުމާއިއެކު، ޖުމްލަ ފައިދާގެ ގޮތުގައި މިދިޔަ އަހަރު އެކުންފުންޏަށް ލިބިފައިވަނީ 2.4 ބިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 12 އިންސައްތައިގެ ދަށްވުމެކެވެ.

އެސްޓީއޯއިން ބުނީ އެކުންފުނީގެ ހިންގުމުގެ ހަރަދުވަނީ 2024 ވަނަ އަހަރު އޭގެ ކުރީ އަހަރާއި އަޅާބަލައި 8 އިންސައްތަ ދަށްކުރެވިފައި ކަމަށާއި އެހެންނަމަވެސް، ޖުމްލަ ފައިދާ ދަށްވުމާއިއެކު ހިންގުމުގެ ފައިދާ ދަށްވެ، ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައިވަނީ 1.1 ބިލިއަން ރުފިޔާ ކަމަށެވެ.

2024 ވަނަ އަހަރު ޓެކްސްއަށް ކެނޑުމުގެ ކުރިން ސާފު ފައިދާއަކީ 812 މިލިއަން ރުފިޔާއެވެ. މިއީ މީގެ ކުރީ އަހަރާއި އަޅާބަލައި 19 އިންސައްތައިގެ ދަށްވުމެކެވެ. މީގެ މައިގަނޑު ސަބަބަކީ، މަތީގައި ބަޔާންކުރެވުނު ފަދައިން، ތެލުގެ އަގުތަކަށް ގެނެވުނު ބަދަލާއިއެކު ޖުމްލަ ފައިދާ ދަށްވެފައި ވުން ކަމަށް އެސްޓީއޯއިން ބުނެއެވެ. ޓެކުހަށް ކެނޑުމަށްފަހު، މިދިޔަ އަހަރުގެ ސާފުފައިދާގެ ގޮތުގައި އެކުންފުންޏަށް ލިބުނީ 717 މިލިއަން ރުފިޔާ އެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside