
--
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެސްޓޯނިއާގެ ބަޔޯބޭންކަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އެސްޓޯނިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އެޤައުމުގެ ބަޔޯބޭންކަށް ޒިޔާރަތް ކުރެއްވުމުން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ އެސްޓޯނިއާ ބަޔޯބޭންކްގެ ހެޑް އަދި ޓާޓޫ ޔުނިވަރސިޓީ އިންސްޓިޓިއުޓް އޮފް މޮލެކިއުލަރ އެންޑް ސެލް ބަޔޮލޮޖީ، ޕްރޮފެސަރ އޮފް ފާމަކޮޖީނޯމިކްސް، ލިލީ މިލާނީއެވެ.
މި ޒިޔާރަތުގައި، ޕްރޮފެސަރ މިލާނީ ވަނީ އެ ފެކަލްޓީގެ މައިގަނޑު މަސައްކަތްތަކާއި ދިރާސީ މަސައްކަތްތަކުގެ ތަފްޞީލްތައް ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައެވެ.
ޓާޓޫ ޔުނިވަރސިޓީގެ ބަޔޯބޭންކަކީ 2001ވަނަ އަހަރު ޤާއިމްކުރި ދިރާސީ ފެސިލިޓީއެކެވެ. މި ބަޔޯބޭންކްގައި، އެސްޓޯނިއާގެ 200،000 ރައްޔިތުންގެ މަޢުލޫމާތު ރައްކާކުރެވިފައިވެއެވެ. މިއީ، އެސްޓޯނިއާގެ އާބާދީގެ 20 އިންސައްތައެވެ. މި ބަޔޯބޭންކަކީ، ޤައުމީ ފެންވަރެއްގައި ޔޫރަޕްގައި ހިންގޭ މިފަދަ އެންމެ ބޮޑު ބަޔޯބޭންކެވެ. މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޔުނިވަރސިޓީގެ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ އެސްޓޯނިއާގެ ރައީސް ޑޮކްޓަރ އަލާރް ކަރިސްގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.
ގުޅުންހުރި

ސަލްޓަން ޕާކު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ޤައުމީ ދިފާޢީ ބާރުން ކުރައްވަމުންގެންދަވާ މަސައްކަތް ރައީސް ބައްލަވާލައްވައިފި

ބަންދަށްފަހު އަންނަ ހޯމަ ދުވަހު ސަރުކާރުގެ އޮފީސްތައް ހުޅުވޭނެ

ރައީސް ދެކަނބަލުންގެ އީދު ސަލާންކުރުން މާދަމާ ހެނދުނު 9 އިން ފެށިގެން މުލިއާގޭގައި!

.gif&w=3840&q=75)



