
--
އިންޑިޔާގެ އެފްކޮމް ކާގޯ އާ ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޗާޓާޑް ޝެޑިއުލްޑް ކާގޯ ޚިދުމަތް ފަށައިފި އެވެ.
ވީއައިއޭ ހިންގާ އެމްއޭސީއެލުން ބުނީ އެ ޚިދުމަތް ފަށާފައިވަނީ ރޭގެ ވަގުތެއްގައި ކަމަށާއި އެގޮތުން އިންޑިޔާގެ ޗެންނާއީން ފުރި އެފްކޮމް ކާގޯގެ މަތިންދާ ބޯޓު 20 ޓަނުގެ ކާގޯއާއި އެކު ރާއްޖެ އައިސްފައިވާ ކަމަށެވެ. މި ކާގޯތައް ރާއްޖެއިން ބޭރުކޮށްފައިވަނީ އެތިހާދު އެއާވޭސްގެ މަތިންދާ ބޯޓެއް މެދުވެރިކޮށެވެ.
އެމްއޭސީއެލުން ބުނީ މި ޚިދުމަތުގެ ތެރެއިން އެފްކޮމް ކާގޯއިން، ވެލާނާ އެއާޕޯޓަށް ކޮންމެ ހަފުތާއަކު ތިން ފްލައިޓް އޮޕަރޭޓްކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އަދި މި ޚިދުމަތުގެ އޮޕަރޭޝަން ކުރިއަށް އޮތް ތަނުގައި ފުޅާކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ވީއައިއޭ މެދުވެރިކޮށް ކާގޯ މޫވްމަންޓް ހަރުދަނާކުރުމަށް ބޮޑެތި ބޭރުގެ އެއާލައިންތަކާއި އެކު އިންޓަލައިން އެއްބަސްވުންތައް ގާއިމްކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާކަންވެސް ވަނީ ފާހަގަކޮށްފައި އެވެ.
މި ހިދުމަތާއި އެކު އެއާޕޯޓުން ފޯރުކޮށްދޭ ކާގޯގެ ޚިދުމަތްވަނީ އިތުރަށް ފުޅާވެފައިވާކަން ފާހަގަކޮށް ވީއައިއޭއިން ބުނީ ދުނިޔޭގެ ކާގޯ ކަނެކްޓިވިޓީ ލޮޖިސްޓިކްސް ޗެއިންގައި ވެލާނާ އެއާޕޯޓުގެ ޙިއްސާ އޮތުމަކީ ރާއްޖޭގެ އިގްތިސާދަށް އެމްއޭސީއެލް އިން ވަމުން އަންނަ ހިއްސާ އިތުރަށް ވަރުގަދަވާނެ ކަމެއް ކަމުގައި އެވެ.



.jpeg?w=3840&q=75)




.jpeg?w=3840&q=75)







