
ޣައްޒާގެ މެގްހާޒީ ރެފިއުޖީ ކޭމްޕަށް ޔަހޫދީން ބޮން އަޅައި ކުޑަކުއްޖަކު ހިމެނޭހެން 9 މީހަކު ޝަހީދުކޮށްލައިފި
# ޣައްޒާޣައްޒާގެ މެގްހާޒީ ރެފިއުޖީ ކޭމްޕަށް ޔަހޫދީން ބޮން އަޅައި ކުޑަކުއްޖަކު ހިމެނޭހެން 9 މީހަކު ޝަހީދުކޮށްލައިފި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ޣައްޒާގެ މެދުތެރޭގައި އޮންނަ މަޣާޒީ ރެފިއުޖީ ކޭމްޕްގެ ގެއަކަށް އިސްރާއީލުގެ އަސްކަރިއްޔާއިން ދިން ވައިގެ ހަމަލާއެއްގައި ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 9 އަށް އަރާފައި އެވެ.
މި ހަމަލާދިނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
އެސަރަހައްދުން ރިޕޯޓުކުރަމުންދާ އަލްޖަޒީރާގެ ތާރިގު އަބޫ އަޒްޒޫމް ވިދާޅުވީ ޝަހީދުވި މީހުންގެ ތެރޭގައި އޮންލައިންކޮށް އިމްތިހާނު ހަދަމުން ދިޔަ އުމުރުން 12 އަހަރުގެ ކުޑަކުއްޖަކުވެސް ހިމެނޭ ކަމަށެވެ.
ޔަހޫދީންގެ ހަމަލާތަކުގައި ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު ވަނީ 45,436 އަށް އަރާފައި އެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންވެސް ހިމެނެއެވެ.
ގުޅުންހުރި

ޣައްޒާގެ ފުލުހުންގެ މައި މަރުކަޒަށް ޔަހޫދީން ބޮން އަޅައިފި: 3 ފުލުހަކު ހިމެނޭހެން 7 މީހަކު ޝަހީދުވެއްޖެ

މިއަދުގެ މިވަގުތާއި ހަމައަށް އެކަނިވެސް ޣައްޒާއިން 12 މީހަކު ޝަހީދުކޮށްލައިފި

ސުލްހައިގެ ކަންފުޅެއްވެސް ނެތް ނަތަންޔާހޫ ޣައްޒާ ސުލްހައިގެ ބޯޑަށް!

.gif&w=3840&q=75)



