
ޓޫރިސްޓް ވިސާއާ ހިލާފުވެ މާލޭގައި ވިޔަފާރި ކުރަމުން ދިޔަ ޗައިނާ އަންހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް!
# މޯލްޑިވްސް އިމިގްރޭޝަން--
ރާއްޖެ އަށް ޓޫރިސްޓް ވިސާގައި އައި މީހަކު ވިޔަފާރި ހިންގައި، އާންމު ތަންތާނގައި ނިދާ މައްސަލައެއްގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް އިއްޔެ ގެންގޮސްފި އެވެ.

އިމިގްރޭޝަން އިން އިއްޔެ ބުނީ ރާއްޖެއަށް އަންނަ ޓޫރިސްޓުން ވިޔަފާރީގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ އިތުރުން އާންމު ތަންތަނުގައި ދިރިއުޅުމާއި ނިދުމުގެ މައުލޫމާތު އާންމުންގެ ފަރާތުން ލިބެމުން ދާ ކަމަށެވެ. އެގޮތުން ލިބުނު ރިޕޯޓަކާއި ގުޅިގެން މިމަހުގެ 8 ވަނަ ދުވަހު މީހަކު އެއިދާރާގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވަނީ ބުނެފައި އެވެ.
އެގޮތުން މި މައްސަލައިގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައީ ކްއިޕިން ފެންގް ކިޔާ ޗައިނާގެ 33 އަހަރުގެ އަންހެނެކެވެ.
ރާއްޖޭގައި މިހާރު ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން ބޮޑު އޮޕަރޭޝަނެއް ހިންގަމުން އަންނަ އިރު، އަތުލައިގަންމަ މީހުންގެ ތެރޭގައި ވިސާއާ ހިލާފުވާ މީހުން ވެސް ގިނަ އެވެ.
މިއާއި އެކު އިމިގްރޭޝަނުން ވަނީ ވިސާއާ ހިލާފުވާ ނަމަ ހަރުކަށި ފިޔަވަޅު އަޅަން ނިންމައިފަ އެވެ.
ގުޅުންހުރި

މެދުއިރުމަތީގެ ހަނގުރާމަ: ރާއްޖޭއިން ނުފުރި ތާށިވެފައި ތިބި ފަތުރުވެރިންނަށް ވިސާގެ މުއްދަތު އިތުރުކޮށްދޭން ނިންމައިފި

ޤަވާއިދާ ޚިލާފަށް ވިޔަފާރި ކުރަމުންދިޔަ 15 ބިދޭސީން ހައްޔަރުކޮށްފި

ހުޅުމާލެ ފޭސް 2ގައި ޤަވާއިދާ ޚިލާފަށް އުޅުނު 04 ބިދޭސީން ހައްޔަރުކޮށްފި

.gif&w=3840&q=75)



