
އުތުރު ޣައްޒާގެ ކަމާލް އަދްވާން ހޮސްޕިޓަލަށް ޔަހޫދީން ހަމަލާދީފި އެވެ.

ކަމާލް އަދްވާން ހޮސްޕިޓަލުގެ ޑިރެކްޓަރު ވިދާޅުވީ އެ ސަރަހައްދުގައި މިވަގުތު ހިދުމަތް ދެމުން އަންނަ ސިއްހީ މަރުކަޒުތަކުގެ ތެރޭގައި ހިމެނޭ އެ ފެސިލިޓީއަށް ހުކުރު ދުވަހު އިސްރާއީލުން ދިން ހަމަލާތަކުގައި ހަތަރު މުވައްޒަފަކު ޝަހީދުވެފައިވާ ކަމަށެވެ.
ހުޝާމް އަބޫ ސާފިޔާއާ ހަވާލާދީ އޭއެފްޕީ ނިއުސް އެޖެންސީން ބުނީ ހޮސްޕިޓަލުގެ އުތުރާއި ހުޅަނގު ފަރާތަށް ވައިގެ ހަމަލާތަކެއް ދީފައިވާ ކަމަށާއި އޭގެ ތެރޭގައި ވަރުގަދަ އަދި ސީދާ ހަމަލާތަކެއް ހިމެނޭ ކަމަށެވެ.
ހިފާފައިވާ ފަލަސްތީނުގެ ސަރަހައްދަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައި ހުންނަވާ މަންދޫބު ރިޗަޑް ޕީޕަރކޯން ވިދާޅުވީ ޣައްޒާގެ އުތުރުގައި ހުންނަ އެ ހޮސްޕިޓަލަށް އިސްރާއީލުން ހަމަލާދިން އިރުވެސް ހޮސްޕިޓަލް ހިނގަމުން ދިޔައީ މަދު ހިދުމަތްތަކަކާއި އެކުގައި ކަމަށެވެ."ބޮމުގެ ހަމަލާ ދިނުމުގެ ކުރިން ރަސްމީ އިންޒާރެއް ނުވަތަ މީހުން ހުސްކުރުމުގެ އަމުރެއް ނެރެފައެއް ނުވޭ." އޭނާ ވިދާޅުވި އެވެ.
ގުޅުންހުރި

ޣައްޒާގެ ފުލުހުންގެ މައި މަރުކަޒަށް ޔަހޫދީން ބޮން އަޅައިފި: 3 ފުލުހަކު ހިމެނޭހެން 7 މީހަކު ޝަހީދުވެއްޖެ

މިއަދުގެ މިވަގުތާއި ހަމައަށް އެކަނިވެސް ޣައްޒާއިން 12 މީހަކު ޝަހީދުކޮށްލައިފި

ސުލްހައިގެ ކަންފުޅެއްވެސް ނެތް ނަތަންޔާހޫ ޣައްޒާ ސުލްހައިގެ ބޯޑަށް!

.gif&w=3840&q=75)



