
ސަބް ސްޓޭޝަންތަކާއި މަގުމަތީގައި ހުރި ޑިސްޓްރިބިއުޝަން ފޮށިތައް ސާފުކުރަން ސްޓެލްކޯއިން ނުކުމެއްޖެ
# ސްޓެލްކޯ--
ސްޓެލްކޯ އިން ހިދުމަތް ފޯރުކޮށްދޭން ބޭނުންކުރާ ތަންތަނާއި ފެސިލިޓީސްތައް ހިމެނޭ ސަރަހައްދުތައް ސާފުކޮށް ބޭއްވުމަށް ހާއްސަ ޕްރޮގްރާމެއް ފަށައިފި އެވެ.

"ޗާލު ވެށި – މަގޭ ޒިންމާ" ނަމުގައި ފެށި މި ޚާއްސަ ޕްރޮގްރާމް މިއަދު ރަސްމީކޮށް ފައްޓަވައިދެއްވީ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމާއި މާލެ ސިޓީ މޭޔަރު އާދަމް އާޒިމާއި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ އެވެ.
ސްޓެލްކޯއިން މިއަދު ބުނީ މި ޙަރަކާތުގެ މަޤްޞަދަކީ ކުންފުނީގެ ސަބް ސްޓޭޝަންތަކާއި މަގުމަތީގައި ހުރި ޑިސްޓްރިބިއުޝަން ފޮށިތައް ސާފުކޮށް ބެލެހެއްޓުން ކަމަށެވެ. އަދި ސްޓެލްކޯ އިން ހިދުމަތް ފޯރުކޮށްދޭން ބޭނުންކުރާ ތަންތަނާއި ފެސިލިޓީސްތައް ހިމެނޭ ސަރަހައްދުތައް ސާފުކޮށް ބޭއްވުން ކަމަށެވެ.
މި ހަރަކާތުގެ ދަށުން ސްޓެލްކޯގެ މުވައްޒަފުން ކުންފުނީގެ ސަބް ސްޓޭޝަންތަކާއި މަގުމަތީގައި ހުރި ޑިސްޓްރިބިއުޝަން ފޮށިތަކުގައި ތަތްކޮށްފައިވާ އިޝްތިހާރު ފަދަ ތަކެތި ނައްޓައި، އެ ތަންތަން ސާފުކުރާނެއެވެ. އެ ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ ތިމާވެށީގެ ސާފުތާހިރުކަން ދެމެހެއްޓުމާއި ސްޓެލްކޯއަށް ނިސްބަތްވާ ހުރިހާ ސަރަހައްދެއް އަބަދުވެސް ސާފުކޮށް ބޭއްވުމަށް މުވައްޒަފުންނަށް ހިތްވަރުދީ ބެލެހެއްޓުން ކަމަށެވެ.
މި ޙަރަކާތުގެ ސަބަބުން މާލޭގެ މަގުތަކުގެ ސާފުތާހިރުކަން އިތުރުވާނެކަމަށް އުންމީދުކުރެވޭ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
މިއަދު ހަރަކާތުގެ ތެރެއިން އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމާއި މާލެ ސިޓީ މޭޔަރު އާދަމް އާޒިމާއި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވެސް ވަނީ މަގުތަކުގައި ހުރި ޑިސްޓްރިބިއުޝަން ފޮށިތައް ސާފުކުރުމުގައި އަމަލީ ގޮތުން ބައިވެރިވެފައި އެވެ.
ގުޅުންހުރި

ސްޓެލްކޯގެ އިންހައުސް ޓްރެއިނަރސް ޕޫލް އިފްތިތާޙުކޮށްފި

މާދަމާ މާލެއާއި ހުލުމާލޭގެ ބައެއް ސަރަހައްދުތަކުން ކުޑަވަގުތުކޮޅަކަށް ކަރަންޓު ކެނޑިދާނެ - ސްޓެލްކޯ

5 މިލިއަން ގަސް އިންދުމުގެ މަޝްރޫއު: ސްޓެލްކޯއިން މި ހަފްތާ ބަންދުގައިވެސް ގަސް އިންދުމުގެ ހަރަކާތްތައް ކުރިޔަށް ގެންދިޔަ!
