



.jpg?w=3840&q=75)




--
ދިވެހި ޕާސްޕޯޓުގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް ސަރުކާރުން ކުރިޔަށް ގެންދާ ޚާއްސަ މަޝްރޫއުގެ ތެރެއިން ރާއްޖޭގެ އިތުރު 5 ސަރަހައްދަކުން ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ އިންތިޒާމު މޯލްޑިވްސް އިމިގްރޭޝަނުން ހަމަޖައްސައިފި އެވެ.
އިމިގްރޭޝަނުން މިއަދު ވަނީ އެ އިދާރާގެ އިތުރު 5 އޮފީހެއްގެ އޮަޕަރޭޝަންތައް ފަށާފައި އެވެ. އެގޮތުން ޕާސްޕޯޓުގެ ހިދުމަތް ދިނުން މާލެ ސަރަހައްދުވެ އިތުރު 3 ތަނަކަށް ފުޅާކޮށް ދ އަތޮޅާއި ލ އަތޮޅުގައިވެސް ޕާސްޕޯޓުގެ ހިދުމަތް ވަނީ ފަށާފައި އެވެ.
އެގޮތުން ޕާސްޕޯޓުގެ ހިދުމަތްތައް ދޭން ފަށާފައިވަނީ
ސަރުކާރުން ވަނީ ކުރިއަށް އޮތް އަހަރު މުޅި ރާއްޖެއަށް ޕާސްޕޯޓުގެ ހިދުމަތް ފުޅާކުރުމަށް އަމާޒު ހިފާފައެވެ. އެގޮތުން، އަތޮޅު ތެރޭގައި އެ ހިދުމަތްތައް ފަށާނެ ގޮތުގެ މަގު ޗާޓު ވަނީ އިފްތިތާހުކޮށްފައެވެ.
ދާދި ފަހުން އިމިގްރޭޝަން ކޮންޓްރޯލަރު، މުހައްމަދު ޝަމާން ވިދާޅުވީ ހުރިހާ އަތޮޅަކުން ޕާސްޕޯޓު ހެއްދޭނެ އިންތިޒާމު ހަމަޖެއްސުމަށް އިދާރީ މަސައްކަތްތައް މިހާރު ކުރަމުން އަންނައިރު މުވައްޒަފުން ނެގުމާއި ޕާސްޕޯޓު ސެޓަޕު ހެދުމުގެ މަސައްކަތް ކައުންސިލްތަކާ ގުޅިގެން ކުރަމުންދާ ކަމަށެވެ.




.jpg?w=3840&q=75)