
އިއްޔެ އެކަނިވެސް ހިޒްބުالله ގެ 340 ރޮކެޓު އިޒްރޭލަށް, ޔަހޫދީންގެ ވެރިރަށަށް ބޮޑެތި ގެއްލުންތަކެއް!
# ހިޒްބުاللهލުބުނާނުގެ ހިޒްބުالله ގެ ހަނގުރާމަވެރިން އިއްޔެ އެކަނިވެސް އިސްރާއީލުގެ އެކި އަމާޒުތަކަށް 300 އަށްވުރެ ގިނަ ރޮކެޓާއި ޑްރޯން ފޮނުވާލާފައިވާ ކަމަށް އެޖަމާއަތުން ބުނެފި އެވެ.

ހިޒްބުالله އިން ނެރުނު ކުރު ބަޔާނެއްގައި ބުނީ ނިރުބަވެރި އިޒްރޭލާއި ދެކޮޅަށް އެޖަމާއަތުގެ ހިތްވަރުގަދަ ހަނގުރާމަވެރިން އިއްޔެ އެކަނިވެސް 340 އަށްވުރެ ގިނަ ރޮކެޓާއި ޑްރޯން ހަމަލާ ފޮނުވާލާފައިވާ ކަމަށެވެ. އަދި މި ރޮކެޓުތަކާއި ޑްރޯންތަކުގެ ތެރެއިން ގިނަ ތަކެތު އެތަކެތީގެ އަމާޒަށް ވާސިލުވެ ޔަހޫދީންނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށްވެސް ވަނީ ބުނެފައި އެވެ.
އިޒްރޭލުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި އިއްޔެ ހިޒްބުالله އިން ދިން ހަމަލާތަކުގައި އެންމެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވަނީ އިޒްރޭލުގެ ވެރިރަށް ތެލް އަވީވަށެވެ. އެގޮތުން ތެލް އަވީވްފެ ގިނަ ސަރަހައްދުތަކަށް މި ޕްރޮޖެކްޓައިލްތައް ވެއްޓި ގެއްލުންތައް ވަނީ ވެފައި އެވެ. އަދި މި ހަމަލާތަކުގައި 11 ޔަހޫދީއަކު ޒަހަމްވެފައިވާ ކަމަށްވެސް ވަނީ ބުނެފައި އެވެ.
އިޒްރޭލާއި ދެކޮޅަށް ހިޒްބުالله އިން އިއްޔެ ދިން ހަމަލާތަކަކީ މިދިޔަ ހޮނިހިރު ދުވަހު ލުބުނާނުގެ ބެއިރޫތަށް ޔަހޫދީން ދިން ވަރުގަދަ ހަމަލާތަކާއި ގުޅިގެން ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
ހިޒްބުالله އިން ފާއިތުވި 5 ދުވަހުގެ ތެރޭގައި އިޒްރޭލަށް އަމާޒުކޮށް 1000 އާއި ގާތްކުރާ އަދަދަކަށް ރޮކެޓާއި ޑްރޯން ފޮނުވާލާފައިވެއެވެ.
ގުޅުންހުރި

ހިޒްބުالله ގެ އިސް ކޮމާންޑަރަކު ޝަހީދުކޮށްލައިފިން - އިސްރާއީލް

ނަސްރަالله ހިމެނޭހެން ޝަހީދުކޮށްލި ހިޒްބުالله ގެ އިސްވެރިންގެ ރަސްމީ ޖަނާޒާ މިމަހު ފަހުކޮޅު!

ހިޒްބުالله ގެ އިސް ކޮމާންޑަރަކު ޝަހީދުކޮށްލައިފި
