
އިޒްރޭލަށް ރައްދު ހަމަލާއެއްދޭން ތައްޔާރުވަމުންދާކަމަށް އިރާނުން ހާމަކޮށްފި އެވެ.

މިދިޔަ މަހު އިޒްރޭލުން އިރާނަށް ދިން ހަމަލާގެ ބަދަލުހިފައި"ރައްދު" ދޭން ތައްޔާރުވަމުން އަންނަ ކަން ހާމަކޮށްފައިވަނީ އެ ގައުމުގެ ސުޕްރީމް ލީޑަރު އަލީ ޚާމަނާއީގެ ސީނިއާ އެޑްވައިޒަރު އަލީ ލާރިޖާނީ ތަސްނީމް ނިއުސް އެޖެންސީއަށް ދެއްވި އިންޓަވިއުއެއްގައި އެވެ.
އެގޮތުން މި ހަމަލާއަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާކަމަށާއި އެތައްޔާރީތައް ކުރިޔަށްދަނީ ސުޕްރީމް ލީޑަރު އަލީ ޚާމަނާއީގެ ސީދާ ބެއްލެވުމުގެ ދަށުން ކަމަށް އޭނާ ވިދާޅުވިއެވެ.
އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު އީރާނުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން އީރާނުގެ އަސްކަރީ އަމާޒުތަކަށް ވަނީ ވަރުގަދަ ހަމަލާއެއް ދީފައި އެވެ. މި ހަމަލާގައި އިރާނުން ބަޔަކު ޝަހީދުވެސް ވިއެވެ.
އިޒްރޭލުން ބުނާ ގޮތުގައި އެހަމަލާއަކީ ތެހެރާނުން އިސްރާއީލަށް 200 އެއްހާ ބެލިސްޓިކް މިސައިލް ފޮނުވުމާއި ގުޅިގެން ދިން ހަމަލާއެކެވެ. އިރާނުން ބުނީ އިޒްރޭލަށް ދޭ ހަމަލާތަކަކީ އިރާނުގެ ބައިވެރިންނަށް އަމާޒުކޮށް ޔަހޫދީން ދެމުންދާ ހަމަލާތަކުގެ ބަދަލު ހިފުމަށް ދިން ހަމަލާތަކެއް ކަމަށެވެ.
ގުޅުންހުރި

އިރާނުގެ އެއާޕޯޓަކަށް އަމާޒުކޮށް އިސްރާއީލުން ހަމަލާދީފި: މިއީ މިހާތަނަށް އިރާނުގެ އެންމެ ދުރު ހިސާބަކަށް ދިން ހަމަލާ!

އިސްރާއީލުން އިރާނަށް ހަމަލާދިނުން: ތެލުގެ އަގު އުފުލިއްޖެ

އިސްރާއީލުން އިރާނަށް ހަމަލާދިނުން: 6 ނިއުކްލިއާ ސައިންޓިސްޓުން ޝަހީދުކޮށްލާފައިވާ ކަމަށް އިރާނުން ބުނެފި
