







--
ނިރުބަވެރި އިސްރާއީލުން، އިރާނަށް ވަރުގަދަ ހަމަލާތަކެއް ދީފި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި އިސްރާއީލުގެ ވައިގެ ސިފައިން އިރާނުގެ ވައިގެ ސަރަހައްދަށް ޖެޓުތަކުގައި ވަދެ ހަމަލާތައް ދީފައިވަނީ އިރާނުގެ ނިއުކްލިއާ ސައިޓުތަކަށާއި އާންމުންނަށް އަމާޒުކޮށެވެ.
އެގޮތުން އީރާންގެ ނަތަންޒްގައި ހުންނަ ނިއުކްލިއާ މަރުކަޒަކަށް ދެފަހަރެއްގެ މަތީން ހަމަލާދީފައިވާއިރު އިރާނުގެ ވެރިރަށް ތެހެރާނަށްވެސް ވަރުގަދަ ހަމަލާތަކެއް ވަނީ ދީފައި އެވެ.
މި ހަމަލާތަކުގައި އީރާންގެ ޗީފް އޮފް ސްޓާފާއި ސިފައިންގެ އިސް ކޮމާންޑަރަކާއި ނިއުކްލިއާ ޕްރޮގްރާމާ ގުޅުން ހުރި ބައެއް ސައިންސްވެރިން އަވަހާރަ ވެފައިވާ ކަމަށް ރިޕޯޓުތައް ދަނީ ބުނަމުންނެވެ.
މި ހަމަލާއާއި ގުޅިގެން އިސްރާއީލު އަސްކަރިއްޔާއިން ބުނީ މި ހަމަލާދިނީ އީރާނަކީ "އިޒްރޭލާއި ދުނިޔެއަށް ނުރައްކަލެއް" ކަމަށްވާތީ ކަމަށެވެ. ހަމަލާއަށްފަހު އިސްރާއީލުގެ ބޮޑުވަޒީރު ޖައްބާރު ބެންޖަމިން ނަތަންޔާހޫވެސް ދިން ވިޑިއޯ މެސެޖެއްގައި ބުނީވެސް ހަމަ އެހެންނެވެ.
އީރާންގެ މީޑިއާއިން ބުނާ ގޮތުގައި އިޒްރޭލުގެ ހަމަލާތައް އާންމުންގެ އިމާރާތްތަކަށްވެސް އަމާޒުވެފައިވާއިރު ހަމަލާގެ ސަބަބުން ބަޔަކު މަރުވެފައިވާ ކަމަށާއި އޭގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭ ކަމަށެވެ.







