
--
ބައިނަލަގްވާމީ މައި ކޯޓު ކަމަށްވާ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން އިޒްރޭލުގެ ބޮޑުވަޒީރު ނިރުބަވެރި ބެންޖަމިން ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރެއް ނެރެފި އެވެ.

އައިސީސީން މިއަދު ނެރުނު އަމުރުގައި ބުނީ އޭނާ ހައްޔަރުކުރަން އަމުރުކުރަނީ އިންސާނިއްޔަތާ ހިލާފް ޖަރީމާތައް ހިންގުމާއި ހަނގުރާމައިގެ ކުށްތައް 8 އޮކްޓޫބަރު 2023 އިން، މި މީހުން ހައްޔަރުކުރުމުގެ އަމުރަށް އެދި ޕްރޮސިކިއުޓަރުން މައްސަލަ ހުށަހެޅި ތާރީހާއި ހަމައަށް ހިންގާފައިވާތީ ކަމަށެވެ. އެގޮތުން އޭނާ ހައްޔަރުކުރުމުގެ އަމަރަކަށް އައިސީސީގައި އެދުނީ ތާރީހު ކަމަށްވާ 20 މެއި 2024 ގައި އެވެ.
ބެންޖަމިން ނަތަންޔާހޫގެ އިތުރުން އޭނާގެ ސަރުކާރުގެ ކުރީގެ ދިފާއީ ވަޒީރު ކަމަށްވާ ޔޯވް ގަލަންޓުވެސް ހައްޔަރުކުރުމަށް އަމުރުކޮށްފައިވާއިރު އެއަމުރުގައިވެސް ވަނީ އޭނާ ހައްޔަރުކުރަން އަމުރުކުރަނީ އިންސާނިއްޔަތާ ހިލާފް ޖަރީމާތައް ހިންގުމާއި ހަނގުރާމައިގެ ކުށްތަށް ހިންގާފައިވާތީ ކަމަށެވެ.
މީގެ އިތުރުން ހަމާސްގެ އަސްކަރީ ވެރިޔާ ޟައީފްގެ މައްޗަށް ވެސް މިފަދަ މައްސަލަތަކުގައި ވަނީ ހައްޔަރުކުރުމުގެ އަމުރެއް މިއަދު ނެރެފަ އެވެ.
އައިސީސީ އަކީ ގަތުލުއާންމުތަކާއި އިންސާނިއްޔަތާ ހިލާފު ކުށްތަކާއި ހަނގުރާމައިގެ ކުށްތައް އަދި ގައުމުތަކަށް ފިޔަވަޅު ނޭޅޭ ނުވަތަ އަޅަން ބޭނުން ނުވާ މައްސަލަތައް ބަލާ ކޯޓެކެވެ.
އައިސީސީގެ މެމްބަރު ގައުމުތަކުގެ ގޮތުގައި 124 ގައުމު އޮވެ އެވެ. ނަމަވެސް މީގެ ތެރޭގައި ދުނިޔޭގެ ބޮޑެތި ބާރުތައް ކަމަށްވާ ރަޝިޔާ، ޗައިނާ، އިންޑިއާ އަދި އެމެރިކާ ނުހިމެނެއެވެ. އަދި އިޒްރޭލުވެސް ނުހިމެނެއެވެ.
ނަމަވެސް އައިސީސީގެ މެމްބަރު ގައުމަކަށް އައިސީސީގެ އަމުރެއް ނެރެފައިވާ މީހަކު ގޮސްފި ނަމަ މެމްބަރު ގައުމަށް އެމީހަކާއި މެދު ފިޔަވަޅުއަޅަން ލާޒިމު ވާނެ އެވެ. ނަމަވެސް އެކަން ތަންފީޒު ކުރާނެ ހަރުދަނާ ނިޒާމެއް އައިސީސީގައި ނޯވެއެވެ.
ގުޅުންހުރި

އައިސީސީ އިން ނިރުބަވެރި ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރެއް ނެރެފި

ފަލަސްތީނުގެ ދިދަ މަނާކުރުމަށް ނިރުބަވެރި އިޒްރޭލުގެ މަޖިލީހަށް ބިލެއް!

އިޒްރޭލުގެ ނިރުބަވެރި ހަމަލާއެއް އަނެއްކާވެސް ޣައްޒާއަށް, މަރުވި މީހުންގެ އަދަދު 100 އަށް އަރާނެ ކަމަށް ބެލެވޭ - ރިޕޯޓް
