
ލުބުނާނު ހިފަން އަރައިގަތް ޔަހޫދީ ސިފައިންގެ މީހަކު މަރާލައިފި, އިތުރު 3 ޔަހޫދީ ސިފައިންނަށް ބޮޑެތި ޒަހަމްތަކެއް!
# ލުބުނާން - އިސްރާއިލްހިޒްބުالله އާއި ދެކޮޅަށް ކަމަށްބުނެ އެއްގަމުމަގުން ލުބުނާނަށް އަރައިގަތް ނިރުބަވެރި އިޒްރޭލު އަސްކަރިއްޔާގެ ސިފައިން މީހަކު މަރާލާފައި އެވެ.

ނިރުބަވެރި އިސްރާއީލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ ހަނގުރާމާގައި މަރުވެފައިވަނީ އުމުރުން 30 އަހަރުގެ ގޯލާނީ ބްރިގޭޑްއަށް ނިސްބަތްވާ ސިފައިންގެ މީހެއް ކަމަށެވެ. އަދި މިކަން މިހާރު ކަށަވަރުކޮށް އޭނާގެ އާއިލާއަށް އެކަން އަންގާފައިވާ ކަމަށްވެސް ވަނީ ބުނެފައި އެވެ.
މީގެ އިތުރުން ގޯލާނީ ބްރިގޭޑްގެ އިތުރު ތިން ސިފައިން ވަރަށް ބޮޑަށް ޒަހަމްވެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް އަސްކަރިއްޔާއިން ބުންޏެވެ.
ޔަހޫދީ ސިފައިންގެ މީހަކު މަރާލި މި ހަމަލާއަކީ ޔަހޫދީން އެއްގަމުމަގުން ދެކުނު ލުބުނާނަށް އަރައި ހިޒްބުالله ގެ ހަނގުރާމަވެރިންނާ ދެމެދު ހިނގަމުންދާ ހަމަލާ ބަދަލުކުރުންތަކުގައި ދިން ހަމަލާއެކެވެ. ހިޒްބުالله އިން މިހާރު އަންނަނީ އެ ޖަމާއަތުގެ ހަނގުރާމަވެރިންގެ ޓެކްޓިކްސްތައް ބަދަލުކޮށް ލުބުނާނަށް އަރައިގަތް ޔަހޫދީ ސިފައިންނަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.
ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަ އޮކްޓޯބަރު މަހު ޔަހޫދީން މެދު އިރުމަތީގައި ފެށި ލާއިންސާނީ ހަނގުރާމާގައި މިހާތަނަށް މަރުވެފައިވަނީ ޔަހޫދީ ސިފައިންގެ އެންމެ 799 ސިފައިންނެވެ. ނަމަވެސް ޔަހޫދީ ސިފައިން ވަނީ ލުބުނާނާއި ޣައްޒާ ހިމެނޭހެން 50,000 އާއި ގާތްކުރާ އަދަދަކަށް މުސްލިމުން ޝަހީދުކޮށްލާފައި އެވެ. އޭގެ ތެރޭގައިވެސް ގިނައީ ކުށެއް ނެތް އެތަކެއް ކުޑަކުދިންނާއި އަންހެނުންނެވެ.
ގުޅުންހުރި

މިމަހުގެ 18 ގެ ކުރިން ލުބުނާނުގައި ތިބި ޔަހޫދީ ސިފައިން ފައިބާން އަންގައިފި

ނިރުބަވެރި އިޒްރޭލުން ލުބުނާނާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓާލަނީ

އިއްޔެ އެކަނިވެސް ޔަހޫދީންގެ ހަމަލާތަކުގައި ލުބުނާނުގެ 62 މީހަކު ޝަހީދުވި!
