މެލޭޝިޔާގެ ބައެއް ޔުނިވާސިޓީތަކުގެ ޕްރޮގްރާމްތަކަކުން ދިވެހި ދަރިވަރުންނަށް ޑިސްކައުންޓު ދެނީ!
އަހުމަދު ޝުރާއު
11/19/2024, 8:49:24 AM
--
އެޑިޔުކޭޝަން މެލޭޝިޔާ ގްލޯބަލް ސާރވިސެސް (އީއެމްޖީއެސް)އާއި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްއާއި ދެމެދު ސޮއިކުރެވުނު އެމްއޯޔޫގެ ދަށުން، މެލޭޝިޔާގެ ބައެއް ޔުނިވާސިޓީތަކުގެ ގިނަ އަދަދެއްގެ ޕްރޮގްރާމްތަކަކުން ދިވެހި ދަރިވަރުންނަށް ޑިސްކައުން ދިނުމަށް ނިންމައިފި އެވެ
މެލޭޝިޔާ ގްލޯބަލް ސަރވިސެސް (އީއެމްޖީއެސް) އަކީ މެލޭޝިޔާގެ އެޑިޔުކޭޝަން މިނިސްޓްރީގެ ދަށުން މަސައްކަތްކުރާ، މުއައްސަސާއެކެވެ.
މެލޭޝިޔާ ސަރުކާރާއި ދިވެހި ރާއްޖެއާއި ގުޅިގެން މަތީ ތަޢުލީމު ކުރިއެރުވުމުގެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެވެ.
ޑިސްކައުންޓް ލިބުމަށް ޝަރުތު ހަމަވާނެ ފަރާތްތައް:
• ޑިސްކައުންޓް ލިބިގެން ފުރިހަމަކުރުމަށް އެދޭ ޕްރޮގްރާމާއި އެއްފެންވަރެއްގެ ނުވަތަ އެއަށްވުރެ މަތީ ފެންވަރެއްގެ ޕްރޮގްރާމެއް، ފުރިހަމަކޮއްފައިވުން ނުވަތަ ފުރިހަމަ ކުރަމުން ދިޔުން
• މި މިނިސްޓްރީ ނުވަތަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން މަތީ ތަޢުލީމު ހާޞިލުކުރުމަށް މާލި އެހީ ލިބިފައިވާ ފަރާތެއް ނަމަ، އަނބުރާ ދައްކަން ޖެހިފައިވާ ފައިސާ ޑީފޯލްޓެއްވެފައިވުން
• މި މިނިސްޓްރީ މެދުވެރިވެގެން ލިބެން ހަމަޖެހުނު ލޯނެއްގެ ފައިސާ ލިބެމުން ދިޔުން ނުވަތަ ސޮއިކޮއްފައިވާ ލޯނު އެއްބަސްވުމުގައި ފައިސާ ދޫކުރުމަށް ކަނޑައެޅިފައިވާ ތާވަލްގެ މުއްދަތުގެ ތެރޭގައިވުން
މި ޑިސްކައުންޓް ލިބިގެން ކިޔެވެންހުރި ޕްރޮގްރާމްތަކާއި އެ ޕްރޮގްރާމްތަށް ހިންގާ ކޮލެޖް ނުވަތަ ޔުނިވާސިޓީތަކުގެ މަޢުލުމާތު ތިރީގައިވާ ލިންކް މެދުވެރިކޮށް ލިބޭނެއެވެ. (https://hems.gov.mv/scholarships/)
މި ޑިސްކައުންޓަށް އެދި އެޕްލިކޭޝަން ހުށަހަޅާނީ https://myedu.egov.mv/ މެދުވެރިކޮށެވެ. އެ ޕޯޓަލްގައި، އެޕްލިކޭޝަންފުރާއިރު، ޑިސްކައުންޓް ލިބުމަށް އެދޭ ޕްރޮގްރާމުގެ ނަމާއެކު، އެ ޕްރޮގްރާމަށް މި މިނިސްޓްރީން ދީފައިވާ ޕްރޮގްރާމް ކޯޑް ލިޔުމަށް ސަމާލްކަން ދިނުމަށް މިނިސްޓްރީ އިން ވަނީ އެދިފައެވެ.
އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް http://www.mohe.gov.mv އަދި 1474 ނަންބަރު ފޯނުން ލިބޭނެއެވެ. އަދި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރާނީ [email protected]އަށެވެ.