
'ހޯމްޓީމް އާއިލީ ހަވީރު' އަންނަ ހުކުރު ދުވަހު ހުޅުމާލޭގައި!
# ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ--
'ހޯމްޓީމް އާއިލީ ހަވީރު' ނަމުގަ ކުޑަކުދިންގެ ހަވީރެއް ބާއްވަން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.

އުވުޒާރާއިން ބުނީ މި އާއިލީ ހަވީރަކީ ސަރުކާރުގެ އެއް އަހަރުގެ ކާމިޔާބީ ފާހަގަކުރުމަށް ބާއްވާ ހަވީރެއް ކަމަށެވެ.
މި ހަވީރު އޮންނާނީ 22 ނޮވެމްބަރުގެ ހަވީރު 16:00 އިން 18:00އަށް، ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. މި ޢާއިލީ ހަވީރުގައި ތަފާތު ގޭމް ސްޓޯލްތަކާއި، ފޭސް ޕެއިންޓް، ފޮޓޯ ބޫތަކާއި ސްނޭކް އެންޑް ލެޑަރ އަދި ބެލޫން ހަންޓިން ފަދަ ކުޅިވަރު އައިޓަމްތަކެއް ހުންނާނެއެވެ.
މި ޢާއިލީ ހަވީރުގައި ހޯމް ޓިމްގައި ހިމެނޭ ކަސްޓަމްސް، ކަރެކްޝަންސް، ޕޮލިސް، އިމިގްރޭޝަން، އެންސީއައިޓީ، ޑީޖޭޖޭ އަދި އެންޑީއޭއިންވެސް ސްޓޯލްތަކެއް ކުޑަކުދިންނަށް ޚާއްސަކޮށްފަ ހުންނާނެއެވެ. ކޮންމެ ސްޓޯލަކުންވެސް އެ މުއައްސަސާއަކާ ގުޅޭ މައުލޫމާތު ކުދިންނަށް ލިބެން ހުންނާނެއެވެ.
މި ޢާއިލީ ހަވީރު ޝަރަފުވެރިކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
ގުޅުންހުރި

ހިންމަފުށީގައި ހުންނަ ޑީޓީއާރްސީގެ ކްލައިންޓުންނަށް ހުނަރު ދަސްކޮށްދިނުމަށް އެއްބަސްވެއްޖެ

އައިޑީކާޑުގެ ޚިދުމަތް އދ.އަތޮޅުގައިވެސް ފަށައިފި

ގަމުގައި އެޅުމަށް ހަމަޖެހިފައިވާ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރާ ގުޅޭގޮތުން މަޝްވަރާކޮށްފި
