
--
ލޯބިވެރިއާއަށް ބްލެކްމެއިލްކުރި ފުލުހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ އއ މަތިވެރި ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ އުމުރުން 19 އަހަރުގެ ރެކްރޫޓު ފުލުހެއް އޭނާގެ ލޯބިވެރިއާއަށް ބިރުދައްކައި އޭނާގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ސޯޝަލް މިޑިއާގައި ލީކްކޮށްލާނެ ކަމަށްބުނެ ބިރު ދައްކައި އިންޒާރުދީ ބްލެކްމެއިންކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާއި ގުލުން އިއްުޔެ ކޯޓު އަމުރެއްގައި ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެގޮތުން ހައްޔަރުކުރި ރެކްރޫޓު ފުލުހަކީ އއ މަތިވެރި, ފަޒާ އުމުރުން 19 އަހަރުގެ ޒައިދާން މުހައްމަދު އެވެ.
ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މަތިވެރި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 3 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމަރުކޮށްފައިވާ ކަމަށެވެ.
މި މައްސަލައާއި ގުޅޭ އިތުރު ތަފްސިލް ފުލުހުން ހާމަކޮށްފައިނުވާއިރު ފުލުހުން ވަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަމަށް ހާމަކޮށްފައެވެ.