
-
އަރބަން ސެންޓަރުގެ ގޮތުގައި ތަރައްޤީ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު 7 ރަށެއް ކަނޑައަޅުއްވައިފިއެވެ.

ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވި ރަށްތައް އިއުލާން ކުރައްވާފައެވެ.
އަރބަން ސެންޓަރުގެ ގޮތުގައި ކަނޑައެޅުއްވި 7 ރަށަކީ:
ރ. އުނގޫފާރުބ. އޭދަފުށިޅ. ނައިފަރުއދ. މަހިބަދޫފ. ނިލަންދޫދ. ކުޑަހުވަދޫލ. ފޮނަދޫ
އަރބަން ސެންޓަރުތައް ޤާއިމުކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެގޮތުން ރާއްޖޭގެ އެންމެ އުތުރުގެ 4 އަތޮޅަކީ ޑިވެލޮޕްމަންޓު ޒޯނެއްގެ ގޮތުގައި އަދި އެންމެ ދެކުނުގެ 4 އަތޮޅުވެސް ޑިވެލޮޕްމަންޓް ޒޯނެއްގެ ގޮތުގައި ތަރައްޤީކުރުމާއި, މާލެސިޓީ ނުހިމަނާ އިތުރު 7 އާބަން ސެންޓަރެއް އެންމެ މަތީ ފެންވަރުގެ ޚިދުމަތްތަކާއެކު ތަރައްޤީ ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
ރައީސް މީގެ ކުރިން ވިދާޅުވެފަިއވާ ގޮތުގައި, އާބަންސެންޓަރުގައި ޞިއްޙީ ނިޒާމުގެ ތެރެއިން އެންމެ މުހިންމު ހުރިހާ ދާއިރާއަކުން ޚިދުމަތް ދެވޭ ފެންވަރަށް ތަރައްގީކުރާނެ އެވެ. އަދި ތަޢުލީމީ ނިޒާމުވެސް އެންމެ މަތީ ފެންވަރުގައި ޤާއިމުކޮށް، މަގުތައްވެސް އެންމެ ރަނގަޅަށް ހަދައި އަދި ދެންހުރި ކަންކަން ވެސް އެންމެ ރަނގަޅަށް ޤާއިމުކުރެވިފައި ހުންނާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ގުޅުންހުރި
.jpeg&w=3840&q=75)
މުޖްތަމަޢުގައި އޮތް ކޮންމެ ކަންބޮޑުވުމަކުން ނަޖާވެވި، ރައްޔިތުން އެދޭ ކޮންމެ ފާގަތިކަމެއް ލިބުން އޮތީ އިސްލާމީ އުޞޫލުގައި ދެމިތިބެގެން!

ޙާފިޒުންނަށް ދޭ އެލަވަންސް އަންނަ މަހުން ފެށިގެން ދެގުނައަށް ބޮޑުކުރަން ނިންމައިފި

ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ ކޮންމެ ރައްޔިތަކަށް އިނާޔަތެއްދެނީ
