.jpeg&w=3840&q=75)
-
ހުޅުމާލެއިން ބަނގުރާ ދަޅުތަކެއް ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފި އެވެ.

ފުލުހުން ބުނީ, ހުޅުމާލެ ފޭސް 1 ލަކުޑި ޖެޓީ ކައިރީގައިހުރި ދަބަސްތަކެއް ބަަލައިފާސްކޮށް ބަނގުރާ ދަޅުތަކެއް ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ކަމަށެެވެ.
ލަކުޑި ޖެޓީ ކައިރީގައި ހަވާލުވާނެ މީހަކު ނެތް ދަބަސްތަކެއް ހުރިކަމަށް ނޮވެމްބަރު 3 ވަނަ ދުވަހު ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ގޮސް އެ ދަބަސްތައް ބަލައިފާސްކުރިއިރު 228 ދަޅު ބަނގުރާ ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.