logoEN
Sto top
ސިނގިރޭޓާއި ވޭޕްގެ ޑިއުޓީ ބޮޑުކުރަން ފާސްކޮށްފި

ސިނގިރޭޓާއި ވޭޕްގެ ޑިއުޓީ ބޮޑުކުރަން ފާސްކޮށްފި

އަލްފާ އަލީ

logo

10/31/2024, 11:53:14 AM

# ސިނގިރޭޓް

-

ރާއްޖޭގައި ވޭޕާއި އިލެކްޓްރޯނިކް ސިނގިރޭޓް އަދި ދުންފަތުގެ ބާވަތްތަކުން ނަގާ އިމްޕޯޓު ޑިއުޓީ ބޮޑުކުރަން ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

Wamco

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހެޅުއްވީ މައްޗަންގޮޅި އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް މުހައްމަދު އެވެ. އެ އިސްލާހު މިއަދު މަޖިލީހުގެ ޖަލްސާއިން ފާސްކުރީ 71 މެންބަރުންގެ ތާއީދާ އެކު އެވެ. މި ބިލާ ދެކޮޅަށް ވޯޓް ދެއްވީ އެމްޑީޕީގެ 8 މެމްބަރުންނެވެ.

އެ ބިލުގައި ވަނީ އިލެކްޓްރޯނިކް ސިނގިރެޓަށް ނުވަތަ ދުންފަތުގެ އިސްތިއުމާލު ކުރުމަށް ބޭނުންކުރާ އެނޫން ވެސް އާލާތްތަކަށް އަޅާ ފްލޭވާ އާއި ކެމިކަލުން ނަގާ ޑިއުޓީ 50 ޕަސެންޓަށް އަދި މިލިލީޓަރަކަށް 8ރ. ބޮޑު ކުރަން ހުށަހަޅާފަ އެވެ. އަދި ހީޓެޑް ޓޮބެކޯ ޕްރޮޑަކްޓްސް ނުވަތަ ރޯ ކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތައް އުފައްދާފައި ހުންނަ ދުންފަތުގެ އުފެއްދުންތަކުން ނަގާ އިމްޕޯޓު ޑިއުޓީ 50 ޕަސެންޓު އަދި ސްޓިކަކުން 8ރ. އަށް ބޮޑު ކުރުމަށް ވެސް ވަނީ ހުށަހަޅާފަ އެވެ.

މީގެއިތުރުން ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓު ޑިއުޓީގެ ސްޕެސިފިކް ރޭޓް 3ރ. އިން 8ރ. އަށް މަތިކުރުމަށާއި އެ ތަކެތިން ނެގޭ އެޑްވަލޮރަމް ރޭޓް 50 ޕަސެންޓަށް ބޮޑުކުރުމަށްވެސް ވަނީ ފާސްކޮށްފައެވެ. މި ބިލުގަައި ވާގޮތުން ސިނގިރޭޓާއި ބިޑިން އާ ރޭޓުގެ ދަށުން ޑިއުޓީ ނަގަން ފަށާނީ ނޮވެމްބަރު1, 2024 އިން ފެށިގެންނެވެ.

ވޭޕާއި އިލެކްޓްރޯނިކް ސިނގިރޭޓުން ޑިއުޓީ ނަގަން ފާސްކޮށްފައިވަނީ މަނާ ކުރަން ނިންމާފައިވާ ތާރީހާ ހަމައަށެވެ. ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރުކުރުން ނޮވެމްބަރު 15، 2024 އިން ފެށިގެން މަނާވާނެ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside