
ޙައްޖާއި ޢުމްރާގެ ޚިދުމަތް ދެއްވަން ވާނީ ވިޔަފާރިއަށް ވުރެ ދަރުމަ އާއި ޘަވާބު އިސްކޮށްގެން.- ނައިބު ރައީސް
# ހުސެއިން މުހައްމަދު ލަތީފު# ހައްޖާއި އުމްރާ ކޮންފަރެންސް# ނައިބު ރައީސް-
ޙައްޖާއި ޢުމްރާގެ ޚިދުމަތް ދޭ ކުންފުނިތަކުން އެ ޚިދުމަތް ދެއްވަންވާނީ ވިޔަފާރިއަށް ވުރެ ބޮޑަށް އެކަމުން ލިބޭ ދަރުމަ އާއި ޘަވާބު އިސްކޮށްގެންކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ފުރަތަމަ ޙައްޖު، ޢުމްރާ ކޮންފަރަންސް އިފްތިތާޙުކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ޙައްޖާއި ޢުމްރާގެ ޚިދުމަތްތެރީން އެއް ފުރާޅެއްގެ ދަށުގައި މަޝްވަރާކުރުމަށް ބާއްވާ މި ކޮންފަރަންސްގެ އިފްތިތާޙީ ޖަލްސާގައި އެމަނިކުފާނު ވަނީ، މިއަދު ދިވެހިރާއްޖޭގައި މި ފަދަ ކޮންފަރަންސެއް ބޭއްވޭކަމީ، މި މަސައްކަތް ހަރުދަނާކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ އަލިގަދަ ހެއްކެއް ކަމަށް ވިދާޅުވެފައެވެ. އަދި ޙައްޖާއި ޢުމްރާއާ ގުޅިފައިވާ އިންތިޒާމުތައް ހަމަޖައްސައި ވީހާވެސް ލުއިފަސޭހަކޮށް، ފެންވަރު ރަނގަޅު ޚިދުމަތްތައް ފަހިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވާ އަހައްމިއްޔަތުގެ މައްޗަށްވެސް އެ މަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
މިއަދު މި ފަށާ ކޮންފަރަންސްގެ ނިންމުންތަކުގެ އަލީގައި، ޙައްޖާއި ޢުމްރާގެ ޚިދުމަތުގެ ދާއިރާ ފުޅާވެ މުޅި ނިޒާމު ފުރިހަމަވެގެންދާނޭ ކަމަށް ޔަޤީންކުރައްވާކަމަށް އެމަނިކުފާނުވިދާޅުވިއެވެ. އަދި ޙައްޖުވެރިންގެ ފައިސާއަށް ރައްކާތެރިވެ، ޙައްޖު ފަންޑު ތަރައްޤީކޮށް ދިރުވުމަށް އައު ވިސްނުންތަކެއް ވިސްނައި، ޙައްޖުގެ އަގު ތިރިކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތު ޙަޤީޤަތަކަށް ވެގެންދާނޭކަމަށް އުއްމީދުކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.
ޙައްޖު، ޢުމްރާ ކޮންފަރެންސް ރާވާލާފައިވަނީ ޙައްޖާއި ޢުމްރާއާ ގުޅޭ ޕެނަލް ޑިސްކަޝަންތަކާއި ކީނޯޓު ސްޕީކަރުންގެ ވާހަކަދެއްކެވުން ހިމެނޭ ގޮތަށެވެ. އެގޮތުން ޕެނަލް ޑިސްކަޝަންތަކުގައި ޙައްޖާއި ޢުމްރާއާއި ގުޅުންހުރި އެކި މުއައްސަސާތަކުގެ ބޭފުޅުންނާއި، ދީނީ ޢިލްމުވެރިން ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ގުޅުންހުރި

ގްލޯބަލް ގަވަމަންޓް އެކްސެލެންސް އެވޯޑްގެ ޕްލެނަރީ ސެޝަންގައި ނައިބު ރައީސް ބައިވެރިވެވަޑައިގެންފި

ވޯލްޑް ގަވަމަންޓްސް ސަމިޓް 2025ގެ ޕްލީނަރީ ސެޝަންގައި ނައިބު ރައީސް ބައިވެރިވެޑައިގަންނަވައިފި

ރަސްމީ ދަތުރުފުޅެއްގައި ނައިބު ރައީސް ޔޫއޭއީއަށް!
