logoEN
cocacola
އެޑިއުކޭޝަން މިނިސްޓްރީން ލޭ ހަދިޔާކުރުމުގެ ކޭމްޕެއް ފަށައިފި

އެޑިއުކޭޝަން މިނިސްޓްރީން ލޭ ހަދިޔާކުރުމުގެ ކޭމްޕެއް ފަށައިފި

އަހުމަދު ޝުރާއު

logo

10/30/2024, 3:01:34 PM

# އެޑިއުކޭޝަން މިނިސްޓްރީ

--

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ރެކްރިއޭޝަން ކްލަބް "ތަޢުލީމީ ގުޅުން" އަދި މޯލްޑިވްސް ބްލަޑް ސަރވިސަސްއާ ގުޅިގެން 2024 އަދި 2025 ވަނަ އަހަރަށް ދެމިގެންދާނެ ލޭ ހަދިޔާކުރުމުގެ ކޭމްޕެއް މިއަދު ފަށައިފިއެވެ.

ގޮސިޔާ

މިނިސްޓްރީން ބުނީ މި މުހިންމު އިސްނެގުމުގެ މައިގަނޑު މަޤްޞަދަކީ ޤައުމީ ފެންވަރުގައި ލޭ ހަދިޔާކުރުމުގެ މުހިންމުކަން އާންމުންގެ މެދުގައި އިތުރުކޮށް، ޤައުމީ ލޭ ބޭންކަށް ބޭނުންވާ ލޭ ހޯދުމަށް އެހީތެރިވުން ކަމަށެވެ.

30 އަދި 31 އޮކްޓޫބަރު އަށް މޯލްޑިވިއަން ބްލަޑް ސަރވިސަސްގައި މި ކޭމްޕް ކުރިއަށްދާނީ މެންދުރު 12:00 އިން ފެށިގެން ހަވީރު 18:30 އާ ހަމައަށެވެ.

މި ބުރުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެކި ސެކްޝަންތަކާއި ޑިވިޜަންތަކުގެ މުވައްޒަފުން ބައިވެރިވާނެއެވެ. އަދި މާލޭ ސަރަހައްދުގެ ސްކޫލުތަކުންވެސް ބައިވެރިފައިވެއެވެ.

ތަޢުލީމީ ގުޅުމުން ފާހަގަކުރެއްވި ގޮތުގައި މި ޕްރޮގްރާމަކީ މުވައްޒަފުންގެ މެދުގައި އިޖްތިމާޢީ ޒިންމާ އުފުލުމުގެ ރޫޙު އާލާކުރުމަށާއި، ޞިއްޙީ ދާއިރާއަށް އެހީތެރިވުމުގެ ގޮތުން ކުރިއަށްގެންދެވޭ އަގުހުރި މަސައްކަތެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ