އަސްދިގަ އަދި ޒައިރޯގެ ކުރިމަތިލުން އެއްވަރު
އަހުމަދު މާހު
10/29/2024, 2:30:01 PM
އަސްދިގަަ އާއި ޒައިރޯ ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: މާއު ގުރެފިކްސް
މިހާރު ކުރިއަށްދާ ގައުމީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަން ގުރޫޕް ތިނެއްގައި މިރޭ އަސްދިގަަ އާއި ޒައިރޯ ކުޅުނު ފޯރިގަދަ މެޗު 11-11 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެއްޖެއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ އެއް ލަނޑުގެ ލީޑަކާއެކު 6-7 ގެ ނަތީޖާއަކުން ޒައިރޯ ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި ޒައިރޯ އިން އިތުރު ހަތަރު ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި އަސްދިޤާއިން ވަނީ ފަސް ލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި ޒައިރޯގެ އައިޝަތު މައިހާ އަބްދުލް ރަޝިދު އަށް ލަނޑު ކާމިޔާބުކުރިއިރު, އެ ޓީމުގެ އަނެއް ތިން ލަނޑު ކާމިޔާބުކޮށްދިނީ ހަފީޒާ އިބްރާހިމް އެވެ.
މީގެ އިތުރުން މިމެޗުގައި އަސްދިގަގެ ޝަފްނާ މުހައްމަދު ހަތަރު ލަނޑު ކާމިޔާބުކޮށްދިން އިރު އައިޝަތު ތޫމާ ފަޒީލް ވަނީ ތިން ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި އައިމިނަތު ހަޝަމާ އަހުމަދު، އައިޝަތު ލީން މުހައްމަދު މިއިން ކޮންމެ ކުޅުންތެރިޔަކު ވަނީ ދެ ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި މިމެޗުގެ ޕްލޭއާ އޮފްދަ މެޗަކަށް ހޮވިފައި ވަނީ ޒައިރޯގެ އައިޝަތު މައިޝާ އަބްދުލް ރަޝީދު އެވެ.
މިއަހަރުގެ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަނުގައި 26 ޓީމަކުން ބައިވެރިވެފައިވާއިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށްދަނީ ބައިވެރިވި 26 ޓީމު ހަ ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ޓީމުގެ އިތުރުން ،ހަ ގުރޫޕްގެ ދެވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ދެ ޓީމަށް ވެސް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ލިބިގެންދާނެއެވެ.