.jpg?w=3840&q=75)


.jpg?w=3840&q=75)




.jpg?w=3840&q=75)
ފޮނަދޫ ޕޮލިސް ޓީމު 2024 ވަނަ އަހަރު ބޭއްވި ޑަބްލިޔުޑީސީ ހޭންޑްބޯޅަ މުބާރާތުގެ ޓްރިފީއާއެކު...
ށ.ފުނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިންތިޒާމްކޮށް ބާއްވާ "ޑަބްލިޔުޑީސީ އިންޓަރ އޮފީސް ހޭންޑްބޯޅަ މުބާރާތް 2026" މިރޭ ފެށުމަށް ތައްޔާރުވެއްޖެއެވެ.
ފުނަދޫގެ ކަނބަލުންގެ މެދުގައި ހޭންބޯޅައިގެ ފޯރި އިތުރުކޮށް، މުއައްސަސާތަކުގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަށް އާލާކުރުމުގެ އިތުރުން، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމުގެ މަގުސަދުގައި ޑަބްލިޔުޑީސީގެ ފަރާތުން އިންތިޒާމުކޮށް ބާއްވާ މި މުބާރާތް އެންމެ ފަހުން ބާއްވާފައިވަނީ 2024 ވަނަ އަހަރު އެވެ.
27 ސެޕްޓެމްބަރު 2026 އިން 03 އޮކްޓޯބަރު 2026 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި މިއަހަރު ޖުމްލަ ހަ ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި ހަ ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ.
އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ސެމީފައިނަލަށް ހޮވޭއިރު، މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވާނި އޮކްޓޯބަރު މަހުގެ 03 ވަނަ ދުވަހުއެވެ.
ޗެމްޕިއަން ޓީމަށް 5،000 ރުފިޔާގެ ފައިސާގެ އިނާމް ހުށަޅާފައިވާ މިމުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ ފުނަދޫ ޕޮލިސް ޓީމެވެ.
މުބާރާތް ފެށުމުގެ ގޮތުން މިރޭ 20:30 ގައި ކުޅޭ ފުރަތަމަ މެޗުގަައި ޔުނައިޓެޑް ބީއެމްއެލް އާއި ށ. އަތޮޅު ހޮސްޕިޓަލް ވާދަކުރާއިރު، 21:45 ގައި ފަށާ ދެވަނަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ޕޮލިސް ޔުނައިޓެޑް ނުކުންނާނީ ށ. އަތޮޅު ލޯކަލް ގަވަރުމަންޓް އޮތޯރެޓީ މިލަދުން މަޑުލު އުތުރުބުރީ ގޮފި (ޓީމު އެސްއާރުސީ) އާއި ދެކޮޅަށެވެ.
.jpg?w=3840&q=75)



.jpg?w=3840&q=75)


.jpg?w=3840&q=75)
