.jpeg?w=3840&q=75)
.jpg?w=3840&q=75)

.jpeg?w=3840&q=75)





މިސްކިތްތަކަށް ގެއްލުން ދިނުމުގެ ރެކޯޑު އޮތް ނައުޝާދު މޫސާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
އުމުރުން 32 އަހަރުގެ ނައުޝާދު ބަންދުކުރުމަށް ކޯޓުން ނެރުނު އަމުރުގައި ވަނީ މިސްކިތްތަކަށް ގެއްލުން ދިނުމުގެ ކުށްތައް ތަކުރާރުކޮށް ކުރަމުންދާ މީހެއްކަން އޭނާގެ ހައްޔަރު އަދި ބަންދު ރެކޯޑުތަކުން އެނގޭ ކަމަށެވެ.
އެގޮތުން އޭނާ އެންމެ ފަހުން ހައްޔަރުކުރީ މި މަހުގެ 10 ވަނަ ދުވަހުކަމަށްވާއިރު،އެ ދުވަހު އޭނާ ހައްޔަރުކުރަނީ މިސްކިތަށް ބޮޑުކަމުގޮސްގެން ކަމަށް ފުލުހުން އޭރު ވަނީ ބުނެފައެވެ. އެ ދުވަހު އޭނާގެ ބަަންދަށް ކޯޓުން 15 ދުވަހުގެ މުއްދަތެއް ދިންއިރު، މިދިޔަ ހުކުރު ދުވަހު އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރަން ކޯޓަށް ހާޒިރުކުރަނީ ކުރިން ޖެހި މުއްދަތު ހަމަވެގެންނެވެ. އަދި އޭނާ ވަނީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައެވެ.
އޭނާއަކީ މީގެކުރިން ވެސް ދެތިން ފަހަރަކު މިސްކިތްތަކުގެ ހުރުމަތް ކަނޑާލާ، މިސްކިތްތަކަށް ގެއްލުން ދިން މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހެކެވެ. އެގޮތުން ފުރުގާން މިސްކިތުގައި ހުރި ޚަތިމުތައް އުކާ، އެ މިސްކިތުގެ އިސްކުރުުބަރިތަކަށް ގެއްލުންދީ، ކަރަންޓު ބޯޑުތަކެއް ހަލާކުކޮށްލި މައްސަލައެއްގައި ވެސް ވަނީ ހައްޔަރު ކޮށްފައެވެ. އަދި މިސްކިތުގައި ތިބި އަންހެނުންތަކަކަށް ޖިންސީ ގުނަވަން ދެއްކި ކަމުގެ ތުހުމަތުގައި ވެސް ހައްޔަރުކުރިއެވެ.
މީގެ ކުރިން ފުރުގާން މިސްކިތަށް ގެއްލުން ދިން ފަހަރަކު ބައެއް އިލްމުވެރިން މައުލޫމާތު ދިން ގޮތުގައި އޭނާއަކީ އާންމު ގޮތެއްގައި މިސްކިތުގައި ނިދާފައި ވެސް އޮންނަ މީހެކެވެ.
.jpeg?w=3840&q=75)
.jpg?w=3840&q=75)

.jpeg?w=3840&q=75)



.jpg?w=3840&q=75)
.jpg?w=3840&q=75)