
އިޒްރޭލުގެ ނިރުބަވެރި ހަމަލާއެއް އަނެއްކާވެސް ޣައްޒާއަށް, މަރުވި މީހުންގެ އަދަދު 100 އަށް އަރާނެ ކަމަށް ބެލެވޭ - ރިޕޯޓް
# ޣައްޒާ# ފަލަސްތީން - އިސްރާއިލްޔަހޫދީ އިޒްރޭލުން އަނެއްކާވެސް ޣައްޒާގައި އާއްމު ރައްޔިތުން ދިރިއުޅެމުން އައި އިމާރާތަކަށް ނިރުބަވެރި ހަމަލާއެއް ދީފި އެވެ.

މި ހަމަލާގައި މިހާތަނަށް 60 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ވަނީ ރިޕޯޓްކޮށްފައެވެ. މި އަނިޔާވެރި ހަމަލާގައި ގިނަ އަދަދެއްގެ މީހުން ވަނީ ޒަހަމްވެފައެވެ. އަދި ހަމަލާގައި ޝަހީދުވި މީހުންގެ އަދަދު 100 އަށް އަރާނެ ކަމަށް ބެލެވޭ ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.
ޣައްޒާގެ ބެއިތް ލަހްޔާގައި ހުންނަ އިމާރާތަކަށް ދިން މި ހަމަލާގައި މިހާތަނަށް 62 މީހަކު ޝަހީދުވެފައިވާކަމަށް އަލް އަވްދާ ހޮސްޕިޓަލުން ވަނީ ކަށަވަރުކޮށްދީފައެވެ. އަދިވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ އެ އިމާރާތުގެ ކުނިތަކުގައި ތާށިވެފައެވެ.
މިހަމަލާގައި ޝަހީދުވި ގިނަ މީހުންނަކީ އަންހެނުންނާއި ކުޑަކުދިން ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.
ގުޅުންހުރި

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 139 އަށް!

ގެދޮރު ގެއްލިފައި ތިބި ގިނަ ބަޔަކު ދިރިއުޅެމުންދިޔަ އިމާރާތަކަށް ބޮން އަޅައިފި: ޝަހީދުވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން!

މިއަދުގެ މިވަގުތާއި ހަމައަށް ޣައްޒާއިން 85 މީހަކު ޝަހީދުކޮށްލައިފި
