
ޣައްޒާގެ ރެފިއުޖީ ކޭމްޕަކަށް ޔަހޫދީން ޑްރޯންއަކުން ހަމަލާދީ ކުޑަކުއްޖަކު ޝަހީދުކޮށްލައިފި އެވެ.

ފަލަސްތީނުގެ ވަފާ ނިއުސް އެޖެންސީން ބުނީ ޣައްޒާގެ މެދުތެރޭގައި ހުންނަ ބުރެއިޖް އަދި މަޣާޒީ ރެފިއުޖީ ކޭމްޕްތަކަށް އިސްރާއީލުން ޑްރޯން ބޭނުންކޮށްގެން ދިން ހަމަލާގައި ކުޑަކުއްޖަކާއެކު އާންމުންގެ ތިން މީހަކު ޝަހީދުވެފައިވާ ކަމަށެވެ.
މަޣާޒީ ކޭމްޕްގައި އިޒްރޭލުގެ ޑްރޯނަކުން އެ ކުއްޖާގެ ގަޔަށް ބަޑި ޖަހާފައިވާ ކަމަށް އެ ގައުމުގެ މަސްދަރުތަކުން ބުނެ އެވެ.
މިހަމަލާއާއި ގުޅިގެން އަދި މިހާތަނަށް ޔަހޫދީން ވަކި ބަހެއް ބުނެފައި ނުވާެއިރު ޔަހޫދީ އަސްކަރިއްޔާއިން ދަނީ ފަލަސްތީނުގެ ކުށެއްނެތް މައުސޫމް އެތައް ކުދިންތަކެއް ޝަހީދުކުރަމުންނެވެ.
މިއަދު ބުރެއިޖް ކޭމްޕަށް ދިން އެހެން ހަމަލާއެއްގައި އާންމުންގެ ދެ މީހަކު ޝަހީދުކޮށް، އެތައް ބަޔަކު ޒަހަމްކޮށްލާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ގުޅުންހުރި

ޣައްޒާގެ ފުލުހުންގެ މައި މަރުކަޒަށް ޔަހޫދީން ބޮން އަޅައިފި: 3 ފުލުހަކު ހިމެނޭހެން 7 މީހަކު ޝަހީދުވެއްޖެ

މިއަދުގެ މިވަގުތާއި ހަމައަށް އެކަނިވެސް ޣައްޒާއިން 12 މީހަކު ޝަހީދުކޮށްލައިފި

ސުލްހައިގެ ކަންފުޅެއްވެސް ނެތް ނަތަންޔާހޫ ޣައްޒާ ސުލްހައިގެ ބޯޑަށް!





